އެޑްވަޓޯރިއަލް

ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް

Jul 12, 2021
1

"ކާސްޓްރޯލް" މި ނަމަކީ ދިވެހިންގެ މެދުގައި ބީރަށްޓެހި ނަމެއް ނޫނެވެ. ބައިނަލްއަޤްވާމީ އިންޖީނު އުފައްދާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް 1994 ވަނަ އަހަރުން ފެށިގެން އެމްޓީސީސީއިން ރާއްޖެއަށް ތަޢާރަފްކުރުމާއިއެކު ހުދު، ރަތް އަދި ފެހި ކުލަ ހިމެނޭ މިބްރޭންޑުގެ ލޯގޯ ޖަހާފައި ހުންނަ ތަކެތި މާލެއާއި ރަށްތަކުން އާންމުކޮށް ފެންނަން ފެށި އެވެ.

އޭރު ކާސްޓްރޯލް ޖަހާފައި ހުންނަ ބޮޑެތި ފީފާ، ޓައްޕު ދަޅު އަދި އެކި ބާވަތުގެ ފުޅިތައް ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތަކާއި، ގަރާޖުތަކާއި ވޯކްޝޮޕްތަކާއި އަދި ފިހާރަތަކުން އާންމުކޮށް ފެނެއެވެ. މި ބްރޭންޑްގެ އުފެއްދުންތައް ލޮރީތަކުގައި އުފުލާ މަންޒަރާއި، ޖެޓީ ސަރަހައްދުގައި ފުރަން ތައްޔާރުވެފައި ހުންނަ އޮޑިދޯނިފަހަރުގައި ހުންނަ ތަން ޒަމާނުއްސުރެން ފެންނަ ހަދާންވެއެވެ. ކުރީގެ ބައެއް ޑްރާމާ ފިލްމް އަދި އާންމު ފަރާތްތަކުން ނަގާފައި ހުރި ފޮޓޯތަކުން ވެސް ކާސްޓްރޯލް ބްރޭންޑުގެ ތަކެތި ފެންނަ މަންޒަރު ހަދާންވެއެވެ. އޭރު ރާއްޖޭގެ ރަށްރަށާއި މާލޭގެ ގެތަކުގައި ޖައްސާފައި ހުންނަ ރޭޑިއޯ ތަކުން ކާސްޓްރޯލް އިޝްތިހާރުތަށް އާންމުވެ ވަރަށް ފަހަކާ ޖެހެންދެން އިވުނު ހަދާން ވެސް ހުރެ އެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޝްހޫރު ކާސްޓްރޯލް ބްރޭންޑަކީ އިންޖީނާއި ޖަނެރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ އަޑީތެލާއި އެހެނިހެން ތަކެތި އުފެއްދުމުގައި 100 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ ބްރޭންޑެކެވެ. އެމްޓީސީސީ އިން މިބްރޭންޑް މާކެޓަށް ތައާރަފް ކުރި ހިސާބުން ފެށިގެން މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ކާސްޓްރޯލް އަކީ އޮޑިވެރިންނާއި އިންޖީނިއަރުންނާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތަތްކުން އެންމެ އިތުބާރު ކުރާ އެއް ބްރޭންޑެވެ. އެމްޓީސީސީ އިން ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފްކުރުމުން، ޤައުމު ތަރައްގީކުރުމުގައި ގިނަ ދާއިރާތަކަކަށް މީގެ ފައިދާ ލިބިގެންދިޔަ އެވެ. މިގޮތުން ކަނޑުގާ ދުއްވާ އިންޖީނުލީ އުޅަނދު ފަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓް ތަކުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑެތި ޖަނަރޭޓަރު އަދި އެއްގަމު އުޅަނދުފަހަރުގައިވެސް ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް ބޭނުންކުރަން ފެށި އެވެ.

ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގެ އެކި ސިނާޔަތްތަކާއި ދާއިރާތައް ކުރިއެރުވުމުގައި އެހީތެރވަމުންދާ ބައިވެރިއެކޭ ވެސް ބުނެވިދާނެ އެވެ. މިހެން ބުނަނީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ގިނަ ކަނޑާއި އެއްގަމު އުޅަނދުގެ އިންޖީނުތަކުގައި ބޭނުންކުރެ އެވެ. ރަށްތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގައި އޭރާއި މިހާރުވެސް އެންމެ ގިނައިން ބޭނުންކުރާ އަޑީތެލާއި އެހެން ބާވަތްތައް ހިމެނޭ އެއް ބްރޭންޑަކީ ކާސްޓްރޯލް އެވެ.

އެމްޓީސީސީ އިން ކާސްޓްރޯލްގެ އުފެއްދުންތައް ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ކަސްޓަމަރުންގެ އަގުބޮޑެތި އިންޖީނާއި ޖަނަރޭޓަރުފަދަ މުދަލުގެ ފެންވަރު ހިފަހައްޓައި، މި ތަކެތީގެ އުމުރު ދިގުކުރުމަށް މަގުފަހި ކޮށްދިނުމެވެ. އެމްޓީސީސީ ކަށަވަރުން ވިއްކާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ޖަނަރޭޓަރާއި އިންޖީނުތަކުގެ މެއިންޓަނަންސްއަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގައިވެސް އެހީތެރިވެދޭ ބާވަތްތަކެކެވެ.
އެމްޓީސީސީ ކަށަވަރުން ލިބޭ ކާސްޓްރޯލްގެ ބައެއް އުފެއްދުންތަކަށް ބަލާލާއިރު، އިންޖީނުތަކާއި ޖަނަރޭޓަރުތަކަށް ޙާއްޞަކޮށްގެން ކާސްޓްރޯލް އެމްއެޗްޕީ އަދި ކާސްޓްރޯލް ވެކްޓަން ގްލޯބަލް ގެ އުފެއްދުންތަށް ހިމެނެ އެވެ. މީގެ އިތުރުން އެހެނިހެން މަގްބޫލް އުފެއްދުންތަކުގެ ތެރޭގައި ހައިސްޕިން ހައިޑްރޯލިކް ތެޔޮ ސްޕީރޯލް ގްރީސް، ރެޑިކޫލް ކޫލަންޓް، ޓީކިއުޑީ ޓްރާންމިޝަން ތެޔޮ އަދި އެއާރކޯލް ކޮމްޕްރެޝަރ ތެޔޮ ހިމެނެއެވެ.

ކާސްޓްރޯލް އެމްއެޗްޕީ

މި ޒަމާނުގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ 4-ސްޓްރޯކް އިންޖީނަށް އަމާޒުކޮށްގެން ޒަމާނީ ބަދަލުތަކާއިއެކު ކާސްޓްރޯލް ކުންފުނިން ތައްޔާރުކޮށްފައިވާ މި އަޑީތެޔޮ އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ދަނީ ހެޔޮ އަގުތަކުގައި ފޯރުކޮށްދެމުންނެވެ. އެމްއެޗްޕީ އަޑީތެލަކީ ކާމިޔާބު ކަމާއިއެކު ޓެސްޓުކޮށް އިންޖީނު އުފައްދާ ފަރާތްތަކުގެ އިތުބާރުހޯދާފައިވާ އަޑީތެލެކެވެ. ކާސްޓްރޯލް އެމްއެޗްޕީ އަޑީތެޔޮ ބޭނުންކުރުމުން އިންޖީނުގެ ހޫނުމިން ދަށްކޮށް ޕިސްޓަނާއި ރިންގުތަށް ސާފުކުރުމުގެ އިތުރުން މުޅި އިންޖީނު ސާފުކޮށް ބެލެހެއްޓުމަށް އެހީތެރިވެދެ އެވެ.

ކާސްޓްރޯލް ވެކްޓަން ގްލޯބަލް

މިއީ އަގުބޮޑު ޖަނަރޭޓަރުތަކުގައި ބޭނުންކުރުމަށް މިނަރަލް ހިމަނައިގެން ކާސްޓްރޯލު ކުންފުނިން އުފައްދާފައިވާ މަލްޓިގްރޭޑް އަޑީތެލެކެވެ. މީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ގިނަދުވަސްވުމުން އިންޖީނު ކަންފަތިވުން ކުޑަކޮށްދީ، އުމުރު ދިގުކޮށްދެ އެވެ. ވެކްޓަން ބޭނުންކުރުމުން އިންޖީނު ސާފުކަންމަތީ ހުރުމުގެ އިތުރުން އިންޖީނު ބެލެހެއްޓުމުގެ ހަރަދުކުޑަވެ އިންޖީނު ހުއްޓުމުގެ މައްސަލަ ހައްލުކޮށްދެ އެވެ. ކާސްޓްރޯލް ވެކްޓަން ގްލޯބަލްއަކީ ބައިނަލްއަގްވާމީ އިންޖީން އުފައްދާ އެތައް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ފެންވަރު ރަނގަޅު އަޑީތެލެކެވެ.

އެމްޓީސީސީ އިން އެތެރެކޮށް މާރކެޓްކުރާ ކާސްޓްރޯލް ބްރޭންޑްގެ އެހެން ބައެއް އުފެއްދުންތަކުގެ ތެރޭގައި އެކި ފިނި ހޫނުމިނުގައި، އިންޖީނު އަދި ޖަނަރޭޓަރު ހަލާކުވުމުން ރައްކާތެރިކޮށް، ފެނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށް، ދަގަނޑުގެ ބައިތައް ހަލާކުވުން ކުޑަކޮށްދީ، އޮކްސިޑައިޒޭޝަންއިން ރައްކާތެރިކޮށްދޭ ހައިޑްރޯލިކް ތެޔޮ ހިމެނެ އެވެ. އަދި އިންޖީނު ފަދަ ތަކެތި ބާރުގަދަ ޕްރެޝަރގައި ބޭނުންކޮށް، ހަލާކުވުން އަދި ދަބަރުޖެހުމުން ރައްކާތެރިކޮށްދީ، ބެއާރިންގްތަކާއި ލޮނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ ހެވީ މެޓަލް އަދި ނުރައްކާތެރި މައުދަންތައް ނުހިމެނޭ ސްޕީރޯލްއަކީ ވެސް އެމްޓީސީސީ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކާސްޓްރޯލްގެ މޮޅު އުފެއްދުމެކެވެ.

އިންޖީނު ހަލާކުވުމާ ދަބަރުޖެހުމުން ރައްކާތެރިކޮށްދީ، ކޮންމެ ފިނިހޫނުމިނެއްގައިވެސް އިންޖީނު ރައްކާތެރިކޮށްދީ، އިންޖީނުގައި ހުންނަ ހޫނުވާ ބައިތަށް ފިނިކޮށްދިނުމުގެ އިތުރުން އިންޖީނުގެ މެއިންޓެނެންސް ހަރަދު ކުޑަކޮށްދޭ ރެޑިކޫލަކީ އެމްޓީސީސީ ކަށަވަރުން ލިބެން ހުންނަ ކާސްޓްރޯލްގެ އުފެއްދުމެކެވެ. އަދި ފިނިހޫނުމިން ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް އެހީތެރިވެދޭ ކާސްޓްރޯލްގެ އެއާރކޯލް އެމްޓީސީސީ ކަށަވަރުން ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ.

މެރިން އިންޖީން އަދި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ މި މައްސަލަތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާ ކާސްޓްރޯލްގެ އުފެއްދުންތަކަކީ ކޮބައިކަން ހޯދުމަށްޓަކައި އެމްޓީސީސީ ކަށަވަރުގެ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވެދެ އެވެ. އެމްޓީސީސީ ކަށަވަރު ޓީމްއަކީ ރާއްޖޭގެ މާރކެޓަށް ތަޢާރަފްކޮށްފައިވާ ކާސްޓްރޯލް އަދި އެހެން ބްރޭންޑުތަކުގެ މައުލޫމާތާއި ތަޖުރިބާ ލިބިފައިވާ ކަސްޓަމަރުންނަށް މައުލޫމާތާއި އާފްޓަރސޭލްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ޓީމެކެވެ.

ބައިނަލްއަގްވާމީ ޖަނަރޭޓަރު އަދި އިންޖީނު އުފައްދާ ކުންފުނިތަކުން ކަސްޓަމަރުންނަށް އަބަދުވެސްދޭ އެއް އިލްތިމާސްއަކީ އަސްލު ސްޕެއާ އަދި އަޑީތެލާއި އެހެން ބާވަތްތައް މިފަދަ ތަކެތި މަރާމާތުކޮށް ބޭނުންކުރުމުގައި އިހްތިޔާރުކުރުމެވެ. އެއީ މި ފަދަތަކެތީގެ އުމުރު ދިގުކޮށް ހަރަދުކުޑަކޮށް، އެތަކެތި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނީ ކޮލިޓީ މޮޅު ސްޕެއާ އަދި އަޑީތެޔޮ ބެނުންކޮށްގެން ކަމަށްވާތީއެވެ. ހާއްސަ ޕްރޮމޯޝަންތަކާއި، ޑިސްކައުންޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ ކަށަވަރު ޓީމުން އަބަދުވެސް މަސައްކަތްކުރެ އެވެ. އެމްޓީސީސީ ކަށަވަރު ޝޯރޫމްއިން ހެޔޮ އަގުގައި ކާސްޓްރޯލް އަދި މިފަދަ އެހެން ޖެނުއިން ބްރޭންޑްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދު ވެސް އިސްކަންދެއެވެ. އެމްޓީސީސީ ކަށަވަރުގެ އަމާޒަކީ އެކަށީގެންވާ އަގެއްގައި ރަނގަޅު ފެންވަރުގެ މުދަލާއި، ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް އަބަދު ވެސް ފޯރުކޮށްދިނުމެވެ.