ހަބަރު

ބަރަހަނާއަށް މަގުމަތީ އުޅުނު މީހަކު އާއިލާއާ ހަވާލުކޮށްފި

Jul 1, 2019
3

ބަރަހަނާ ހާލުގައި މަގުމަތީ އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު އާއިލާއާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނީ މިރޭ 6:45 އެހާކަންހާއިރު މާލޭގެ އަމީނީ މަގުން ބަރަހަނާ ހާލުގައި ހިނގާފައި ދިޔަ ފިރިހެނަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށެވެ.

އަދި ބުނީ އޭނާ ގޭގައި ހުރުމަށްފަހު ބަރަހަނާ ހާލުގައި މަގުމައްޗަށް ދުވެފައި ނިކުތީ ކަމަށާއި އެއީ 40 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ އާއިލާއާ ހަވާލު ކުރީ އަތޮޅުވެއްސަށް ގެންދިޔުމަށް ފަހު އޮރިޔާން ނިވާ ކުރުމަށްފަހު އެވެ.