ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީގާޑް ބަނުމަށްފަހު އެ އިދާރާގެ ތިޖޫރީ ފަޅާލައި މައްސަލާގައި ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެ އެ ހާދިސާގައި މަގޫދޫ ކައުންސިލް އިދާރާއަށް ވަގުން ވަދެފައި ވަނީ އެ އިދާރާގެ ސެކިއުރިޓީ ގާޑުް ބަނުމަށްފަހު އެތާނގެ ދޮރު ހަލާކުކޮށްލައިގެނެވެ. އޭގެ ފަަހުން ތިޖޫރީ ފަޅާލައި ފައިސާ ވަގަށް ގެންގޮސްފައިވެ އެވެ.
މަގޫދޫ ތިޖޫރީ ފަޅައިލައި ފައިސާ ވަގަށް ނަގައިގެން ނުވަ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފައިވާއިރު އެ އެންމެން ހައްޔަރު ކުރީ އެ ވައްކަމަށް ފަހު ޑިންގީއަކަށާއި ދޯންޏަކަށް އަރައިގެން މަގޫދޫ ކައިރިން ދަތުރުކުރަނިކޮށެވެ.