ރާއްޖެ ކުޅިވަރު

އެފްއޭއެމް އެޕީލް ކޮމިޓީގެ ޗެއާމަން އޭއެފްސީ އެޕީލް ކޮމިޓީ އަށް

Jul 23, 2015

ގައުމީ ފުޓްބޯޅަ އިދާރާ އެފްއޭއެމުގެ އެޕީލް ކޮމިޓީގެ ޗެއާމަން އިބްރާހީމް ރިޒާ އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެޕީލް ކޮމިޓީ އަށް ނަގައިފި އެވެ.

މިހާރު ވެސް ހަތް މެމްބަރުން ތިއްބަވާ މި ކޮމިޓީ އަށް އޭނާ އައްޔަންކުރީ މި މަހުގެ 11 ގައި ބޭއްވި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކަމަށް އެފްއޭއެމުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެއީ 2019 ވަނަ އަހަރުގެ ނިޔަލަށެވެ. މިއީ ދިވެއްސަކަށް އޭއެފްސީ އެޕީލް ކޮމިޓީން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ރިޒާގެ އިތުރުން މި ކޮމިޓީގައި ދެން ތިއްބެވީ ގުއާމާއި ޔޫއޭއީ އަދި ހޮންކޮން އާއި އިރާނާއި ދެކުނުކޮރެޔާ އަދި މެލޭޝިޔާ އާއި ސައުދީ އަރަބިއާކުރެ ކޮންމެ ގައުމަކުން އެއް ބޭފުޅެކެވެ.

އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގައި 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އެފްއޭއެމުގެ ރައީސް ހިމަނިވަޑައިގަންނަވަ އެވެ. މި އަހަރުގެ އޭޕްރީލް މަހާ ހަމައަށް އެކްސްކޯގައި ހުންނެވީ ކުރީގެ ރައީސް އަލީ އާޒިމެވެ. އޭނާ އަށް ފަހު މިހާރު އެކްސޯ އަށް އިންތިޚާބުވެފައިވަނީ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދެވެ.