ހަބަރު

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅަނީ

Jul 3, 2019
1

މ. ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައިވަނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތީން ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

ބީލަމުގައި ބައިވެރިވާން 1500 ރުފިޔާގެ ނޮންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ. އަދި މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ. ބިޑު ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށްވެސް އިއުލާންގައިވެ އެވެ.

ބީލަމަށް ހުޅުވާލާނީ މިމަހު 30 ވަނަ ދުވަހު އެވެ. މި ބީލަމާ ގުޅޭ ހުރިހާ މައުލޫމާތެއް ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.