ބޭރު ކުޅިވަރު

ނައިކީ ދޫކޮށްލައި ޔުނައިޓެޑްގެ ޖާޒީ އެޑިޑާސް އަށް

Jul 24, 2015

އަންނަ އޮގަސްޓް މަހު އެކެއްގައި މެންޗެސްޓާ ޔުނައިޓެޑުގެ އާ ޖާޒީ އެޑިޑާސްކުންފުނިން ނެރެން ނިންމައިފި އެވެ.

މިއީ ފާއިތުވެދިޔަ 13 އަހަރު ޔުނައިޓެޑުން ބޭނުންކުރި ނައިކީ ޖާޒީ އަށް ނިމުން އައުމެވެ.

ކުޅިވަރު ސާމާނު އުފެއްދުމުގައި ވާދަވެރި ދެ ކުންފުނި ކަމަށްވާ ނައިކީއި އެޑިޑާސްގެ ވާދަވެރިކަމުގެ ތެރެއިން މި ފަހަރު އެޑިޑާސް ކުރި ހޯދިއިރު މި ބަދަލާއެކު ޔުނައިޓެޑަށް 100 ޕަސެންޓް ފައިދާވާނެ އެވެ. ކުރިއަށް އޮތް 10 އަހަރަށް އެޑިޑާސްއިން ޔުނައިޓެޑުގެ ޖާޒީ އުފައްދަނީ 750 މިލިއަން ޕައުންޑަށެވެ.

ޖާޒީ އުފައްދާ ފަރާތް ބަދަލުވިކަން ޔުނައިޓެޑުން އަދި އިއުލާނު ނުކުރި ނަމަވެސް އެކުލަބުގެ ދަނޑުގައި ހުރި ނައިކީ ކުންފުނީގެ އިސްތިހާރުތައް ވެސް ވަނީ ނަގައިފަ އެވެ. އަދި އެކުލަބަށް ފައިދާގެ 60 ޕަސެންޓް ލިބޭ ކުލަބުގެ ފިހާރައެއްގެ އިސްތިހާރުވެސް ވަނީ ބަދަލުކޮށްފަ އެވެ.