ބޭރު ކުޅިވަރު

ޖެކޯ ސިޓީ ދޫކޮށްލަން ޖެހިދާނެ: ޕެލްގްރިނީ

Jul 24, 2015

މެންޗެސްޓާ ސިޓީގެ ފޯވަޑް އެޑިން ޖެކޯ އަށް އެހެން ކުލަބަކަށްދާން ޖެހިދާނެ ކަމަށް އެކުލަބުގެ ކޯޗު މެނުއަލް ޕްލެގްރީނީ ބުނެފި އެވެ.

ބޮސްނިއާގެ ކެޕްޓަން ޖެކޯ. 29، މިވަގުތު ހުރީ ސިޓީއާއެކު އެކުލަބުގެ ޕްރީސީޒަން ޓްރިޕްގައި އޮސްޓްރޭލިޔާގަ އެވެ. އެކަމަކު އެކުވެރިކަމުގެ މެޗުގައި އަންގާރަ ދުވަހު ރޯމާއާ ދެކޮޅަށް އޭނާ ކުޅުވާފައިނުވެ އެވެ. ޖެކޯ ގެންދިއުމަށް އިޓަލީގެ ކުލަބުތަކުން ބޭނުންވާ ކަމަށްވެ އެވެ.

"އެޑެން ނުކުޅޭ އެންމެ ފަހު މެޗުގައި. އެއީ އޭނާ މިކުލަބުން ދާނެ ކަން ނުވަތަ ކުލަބުގައި ހުންނާނެކަން ޔަގީންވާނެ ކަމެއްނޫން. އެކަމަކު އޭނާ ދަނީ އެހެން ކުޅުންތެރިންނާއެކު ފަރިތަކުރަމުން،" ކޯޗު ބުންޏެވެ.

ޕްރީ ސީޒަނުގައި ސިޓީ މިއަދު ނުކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ޖެކޯ އަކީ ޖަރުމަނުގެ ވުލްފުސްބާގުން 2011 ވަނަ އަހަރު 27 މިލިއަން ޕައުންޑަށް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ގެނައި ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ ޖަހާފައިވަނީ އެންމެ ހަތަރު ގޯލެވެ. އަދި ލިވަޕޫލްގެ ފޯވަޑް ރަހީމް ސްޓާލިން ސިޓީ އަށް ގެންދިއުމުން ޖެކޯ އަށް ކުރިއަށް އޮތް ސީޒަނުގައި ލިބޭ ފުރުސަތުތައް މަދުވާނެ އެވެ.