ހަބަރު

ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މި މަގާމަށް މުވައްޒަފަކު އައްޔަންކުރުމުގައި ބަލަނީ "ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމުގައި އަމަލު ކުރާނެ އުސޫލު." ގެ ދަށުން ކަމަށެވެ. އެ އުސޫލުގައިވާ ގޮތުން މި މަގާމަށް އައްޔަންކުރާ މީހުންގެ ތަޖުރިބާ ގުނުމުގައި ސަރުކާރާއި ނުވަތަ ޕަބްލިކް ޕްރައިވެޓް ސެކްޓަރުގައި ނުވަތަ ގައުމީ ފެންވަރުގެ އެގްޒެކެޓިވް ލެވެލުގެ މަގާމެއްގައި މަސައްކަތް ކޮށްފައިވުމާއެކު ތަޖުރިބާ ހުންނަ މީހަކަށް ވާން ޖެހޭ ކަމަށެވެ.

ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭނާއި ކޮމިޝަނުގެ ބަޖެޓް އެކުލަވާލުން ހިމެނެ އެވެ. ކޮމިޝަންގައި އިދާރީ ކަންތައްތަކުގެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން ހިމެނެ އެވެ.

މި މަގާމަށް އައްޔަންކުރެވޭ މުވައްޒަފަކަށް އަސާސީ މުސާރައިގެ ގޮތުގައި 20،500 ރުފިޔާ ލިބޭއިރު ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށް ޖޭއެއްސީގެ އިއުލާނުގައި ބުނެފައިވެ އެވެ. ވަޒީފާއަށް އެދޭ ފޯމް ޖޭއެއްސީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.