ހަބަރު

ހައްޖު ކޯޕަރޭޝަނުން މާކެޓިން އޭޖެންޓުން ހަަމަޖައްސައިފި

ހައްޖު ކޯޕަރޭޝަނުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަ ކުރުމުގެ ގޮތުން ބައެއް ރަށްތަކަށް މާކެޓިން އެޖެންޓުން ތަކެއް ހަމަޖައްސައިފި އެވެ

ހައްޖު ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސް ރަށަކަށް މާކެޓިން އެޖެންޓުން ހަމަޖައްސާފައިވެ އެވެ. އެއީ ބ. ގޮއިދޫ ، ލ. އިސްދޫ، ރ. އިނގުރާއިދޫ، ބަ. އޭދަފުށީ، އަދި އެ އަތޮޅު ތުޅާދޫގައެވެ. މި ދާއިރާތަކަށް ކަނޑައަޅާފައިވަނީ އެ ރަށުގެ ކައުންސިލަރުންނާއި ޒިންމާދާރު ވެރިންނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ، މާކެޓިން އެޖެންޓުން ހަމަޖައްސާފައިވަނީ އެ ކޯޕަރޭޝަނުން މާކެޓިން އެޖެންޓުން ހޯދަން ކުރި އިއުލާނެއްގައި ނަން ހުށަހެޅި ރަށްތަކުގެ ބޭފުޅުންގެ މެދުގައި އިންޓަވިއު ކުރުމަށްފަހު ކަމަށެވެ. މާކެޓިން އެޖެންޓުންތަކެއް ހަމަޖެއްސުމުގެ ބޭނުމަކީ ރައްޔިތުންނާއި ކައިރިން މައުލޫމާތު ފޯރުކޮށްދިނުން ކަމަށް ހަމީދު ވިދާޅުވި އެވެ.