ރާއްޖެ ކުޅިވަރު

ރާއްޖެ އަށް މޮޅެއް ނެތް! އަނެއްކާވެސް ބަލި!

Jul 25, 2015

ސްރީލަންކާގައި ތަމްރީނު ހަދަމުންދާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފަހު މެޗުގައި މިއަދު ލަންކާ އާމީ ޓީމު އަތުން 3-0 އިން ބަލިވެއްޖެ އެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ރަނގަޅު ކުޅުމެއް ދައްކައި ލަނޑެއް ވަނަނުދީ ހިފެހެއްޓި އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ކޯޗު ވަނީ ގިނަ ބަދަލުތަކެއް ގެނެސް ޒުވާން ގިނަ ކުޅުންތެރިންނަށް ފުރުސަތުދީފަ އެވެ.

މި މެޗަކީ ވެސް އަންނަ މަހު އެކެއްގައި ރިޔޫނިއަންގައ ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ތައްޔާރުވުމަށް ގައުމީ ޓީމު ކުޅުނު މެޗެވެ.

މި މެޗުގެ ކުރިން ރާއްޖެ ވަނީ ސްރީލަންކާގެ ރައީސް ޓީމު އަތުން 3-0 އަދި މިދިޔަ ބުދަ ދުވަހު ލަންކާ ނޭވީ ޓީމު އަތުން 1-0އިން ބަލިވެފަ އެވެ.

ދިވެހި ޓީމު އެނބުރި މާލެ އަންނާނީ އަންނަ އަންގާރަ ދުވަހު އެވެ.