ހަބަރު

އެމްޑަބްލިއުއެއްސީގެ ކުރެހުމުގެ މުބާރާތުގެ ނަތީޖާފާޅުކޮށްފި

ދުނިޔޭގެ ފެނުގެ ދުވަަސް ފާހަގަކުރުމުގެ ގޮތުން އެމްޑަބްލިޔުއެސްސީއިން "ވޯޓާ ހީރޯސް"ގެ ނަމުގައި ބޭއްވި ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ.

ސްކޫލް ކުދިންގެ މެދުގައި ބޭއްވި މި ކުރެހުމުގެ މުބާރާތް ބާއްވާފައިވަނީ ހަ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މި ކުރެހުމުގެ މުބާރާތް ބާއްވާފައިވަނީ 22 މާޗް އިން 25 އޭޕްރީލްގެ ނިޔަލަށެވެ.

އެމްޑަބްލިއުއެއްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރުހުމުގެ މުބާރާތުން ވަނަތައް ހާސިލްކުރި ބައިވެރިންނަށް އިނާމު ދެއްވީ އެމްޑަބްލިއުއެއްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މި ކެރުހުމުގެ މުބާރާތުގެ މަގްސަދަކީ ކުދިންނަށް ފެން އިސްރާފު ކުރުމުން ދުރުހެލިވުމަށް ދަސްކޮށްދިނުން ކަމަށެވެ. ފެން އިސްރާފު ކުރުމާއި ދުރުހެލިވުމަކީ ފަރުދީ ޒިންމާއެއް ގޮތުގައި ދެކިގެން ފެން ބޭނުން ކުރުމުން ގޭގެ ފެން ބިލްތައް ކުޑަވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.