ކޮއްދިއްޕަރު

ކޮއްދިއްޕަރު ރިސޯޓަށް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ލިބިއްޖެ

Jul 11, 2019

ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް ވޯލްޑް ލަގްޒަރީ ސްޕާގެ ތިން އެވޯޑެއް ލިބިއްޖެ އެވެ.

ކ. ކޮއްދިއްޕަރު ރިސޯޓަށް ލިބިފައިވަނީ ލަގްޒަރީ ސްޕާ ރިޓްރީޓް އެވޯޑާއި ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އެވޯޑު އަދި ލަގްޒަރީ އެކޯ ސްޕާ އެވޯޑެވެ. މި ތިން އެވޯޑަކީ ކޮންޓިނެންޓް ލެވަލްގައި ލިބުނު އެވޯޑު ތަކެކެވެ.

ކޮއްދިއްޕަރު ރިސޯޓުގެ ޖެނެރަލް މެނޭޖަރު ރަފައިލް ސޮލްފަރީނޯ ވިދާޅުވި ގޮތުގައި މި އެވޯޑުތައް އެ ރިސޯޓު ލިބުނު މިއި ދެވަނަ ފަހަރެވެ. އެވޯޑު ލިބިފައިވަނީ އެ ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ވޯޓުންނެވެ.

ރާއްޖޭގެ ކޮއްދިއްޕަރު ރިސޯޓަށް މި އެވޯޑު ދީފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ރަޝިއާގައި ބޭއްވި ހާއްސަ ހަފުތާއެއްގަ އެވެ.

ކުރިން ދަތުރުދާ ރަށެއްގެ ގޮތުގައި އޮތް ކޮއްދިއްޕަރުގައި ރިސޯޓަށް ހަދައި ހުޅުވާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ ރިސޯޓުގައި 120 ވިލާ ހުރެ އެވެ.