ވިޔަފާރި

ދުނިޔޭގެ ހަނީމޫން ރިސޯޓުގެ އެވޯޑު ވައްކަރު ރިސޯޓަށް

Nov 30, 2020

ދުނިޔޭގެ ހަނީމޫން ރިސޯޓުގެ އެވޯޑާއެކު ވައްކަރު މޯލްޑިވްސް އިން މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑުގައި ޝަރަފުވެރި ހަތަރު އެވޯޑެއް ހާސިލް ކޮށްފި އެވެ.

އެ ރިސޯޓުން ބުނި ގޮތުގައި ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގެ ހަފުލާގައި އެ ރިސޯޓަށް ގިނަ އެވޯޑު ތަކެއް ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.

ވައްކަރު ރިސޯޓަށް ލިބުނު އެވޯޑުތައް

  • އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2020
  • ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2020
  • މޯލްޑިވްސް ލީޑިން ސުއިޓްވިލާސް 2020
  • އިންޑިއަން އޯޝަން ހޮޓެލް ސުއިޓްވިލާސް 2020

ޓޫރިޒަމް ދާއިރާގެ "އޮސްކާ" ގެ ގޮތުގައި ސިފަ ކުރާ ވޯލްޑް ޓްރެވަލް އެވޯޑުގައި މި އަހަރު ރާއްޖެ އަށް ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ. އެގޮތުން ލިބުނު އެންމެ ހާއްސަ އެވޯޑަކީ 22 ގައުމަކާ ވާދަކޮށް ލިބުނު "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވެ.

މި އެވޯޑުތަކުގެ އިތުރަށް، ރާއްޖެ އިން ވަނީ ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ލީޑިން ބީޗް ޑެސްޓިނޭޝަނާއި ކްރޫޒް ޑެސްޓިނޭޝަން އާއި ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ. އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެ އަށް ކާމިޔާބުވި މިއީ 13 ވަނަ ފަހަރެވެ. މި އެވޯޑް ދެމުން އަންނަތާ 16 އަހަރު ވެއްޖެ އެވެ.