ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

ކޮކޯގިރި އައިލެންޑް ރިސޯޓް ހުޅުވުން މާޗް މަހު

Jan 10, 2021
9
ކޮކޯގިރި ރިސޯޓުގެ ވޯޓާ ވިލާތަކެއް: މިއީ 20 ކޮޓަރީގެ ރިސޯޓެއް -- ފޮޓޯ: ޓީޓީއެމް
100%
0%
0%

ވ. އަތޮޅުގައި ހުޅުވާ ކޮކޯގިރި އައިލެންޑް ރިސޯޓް މި އަހަރު މާޗް މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހުޅުވާ މި ރިސޯޓު ހުޅުވަން ކުރިން ނިންމާފައި އޮތީ މިދިއަ ޑިސެމްބަރު މަހު އެވެ. ނަމަވެސް، ކޮވިޑް-19 އިގެ ސަބަބުން މި ރިސޯޓު ހުޅުވުން ލަސްވީ އެވެ.

ކޮކޯގިރި ރިސޯޓުން ބުނެފައިވާ ގޮތުގައި މިހާރު އެ ރިސޯޓު ހުޅުވަން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ އެއްވަނަ ދުވަހު އެވެ. އަދި އެ ރިސޯޓުން މިހާރު ވަނީ ބުކިން ހައްދަން ވެސް ފަށާފަ އެވެ.

ކޮކޯގިރި އައިލެންޑް ރިސޯޓަކީ ބުޓީކް ރިސޯޓެކެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ހުޅުވާ މި ރިސޯޓުގައި 20 ވޯޓާ ވިލާ އާއި 20 ބީޗް ވިލާ ހުންނާނެ އެވެ. މީގެ އިތުރުން ރިސޯޓަށް ދާ މެހުމާނުންނަށް ހާއްސަ ގިނަ ހިދުމަތްތައް ލިބެން ވެސް ހުންނާނެ އެވެ. އޭގެތެރޭގައި ސުވިމިން ޕޫލް އާއި "ކޮކޯގިރި ސްޕާ" ގެ އިތުރުން މީރު ކެއުންތައް ހިމެނޭ ރެސްޓޯރެންޓެއް ވެސް ހިމެނެ އެވެ.

މި ރިސޯޓު ހުޅުވާ ވ. އަތޮޅަކީ ރާއްޖޭގެ ނިސްބަތުން ކަނޑުގެ މާހައުލު އެންމެ ރީތި އެއް ސަރަހައްދެވެ. އަދި މި ކުޑަރަށުގެ ވަށައިގެން ރީތި މޫދެއް އޮވެ އެވެ. އެހެންވެ، ރިސޯޓަށް ދާ ޓޫރިސްޓުން ސްނޯކަލް ކޮށްލަން ރީތި މޫދެއް އޮންނާނެ އެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދޫރެސް

ތިޔަތަންތައް ނެހެދުނަސް މަށައް ހެޔޮ

ހިދާ

ރަނުގެ ފުރުސަތެއް 😷😷😷

މަކުނުސް

ކޮކޯގިރި އައިލެންޑް ރިސޯޓް އައް ފާގަތި ދުވަސް ތަކަކައް އެދެން

ދުހާން

ވާވް އެޓޯލް އައް އީދެއް

ޖުންމި

ދިވެހިންނައް ފައިދާއެއް ނެއް ދިވެހިންގެ ބިން

ހުރިހާ

އުފަލެއް އޮތީ ބަންގާޅިންނަކަންނު

ޖުމާ

ހުޅުވާފަ ބަހައްޓާ...ދިވެހިންނައް މާބޮޑު ފައިދާ އެއް އޮތް ކަމަކައް ނުފެނޭ

ނިމާޒާ

ތަންތަން ހުޅުވާފަ ފަރަންޖީން އަޅާ ފުރާ

ހކސދދ

ދިވެހިން ނައް ޖާގަ ދޭނެބާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345