ޓޫރިޒަމް

117،000 ފަތުރުވެރިން، މިއީ 9.7 ޕަސެންޓް ކުރިއެރުމެއް

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 117،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 117،532 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 107،119 ފަތުރުވެރިންނަށްވުރެ 9.7 ޕަސެންޓް އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ރަޝިއާ - 15،077 ފަތުރުވެރިން
  • އިޓަލީ - 12،560 ފަތުރުވެރިން
  • ޗައިނާ - 11،560 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 10،621 ފަތުރުވެރިން
  • ޖަރުމަނު - 7،313 ފަތުރުވެރިން
  • އިންޑިއާ - 5،648 ފަތުރުވެރިން
  • އެމެރިކާ - 3،875 ފަތުރުވެރިން
  • ފްރާންސް - 3،783 ފަތުރުވެރިން
  • ކަޒަކިސްތާން - 2،395 ފަތުރުވެރިން
  • ރޯމޭނިއާ - 2،286 ފަތުރުވެރިން

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.6 ޕަސެންޓް -- 81،767 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓްހައުސްތަކުގައި 25.4 ޕަސެންޓް -- 29،833 ފަތުރުވެރިން ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 2،964 ފަތުރުވެރިން އަދި ސަފާރީތަކުގައި 2،946 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.