އެކްސިޑެންޓް

ވައިގޮޅިއަކަށް ވެއްޓި އަންހެނަކަށް ބޮޑެތި އަނިޔާ

Jul 11, 2019
9

މާފަންނުގެ ގެއެއްގެ ވައި ގޮޅިއެއްގެ ތެރެއަށް އަންހެނަކު ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. އަނިޔާވެފައިވަނީ 76 އަހަރުގެ ދިވެއްސެކަށެވެ.

ރޭ ދަންވަރު 1:30 އެހާކަންހާއިރު ހިނގި މި ހާދިސާގައި އަންހެން މީހާގެ ބޮލުގެ ފުއްކިބައިގެ ބައެއް ފަޅައިގެން ގޮސްފައިވާއިރު ކަނާއަތު ފައި ފަލަ މަސްގަނޑާ ހަމައިން ބިންދައިގެން ގޮސްފައިވެ އެވެ. އެހެން ވެސް އިތުރު ގިނަ އަނިޔާތައް އެ އަންހެން މީހާއަށއް ލިބިފައިވެ އެވެ.

އަންހެން މީހާ ވައި ގޮޅިން ނަގައި އޭނާ ހޮސްޕިޓަށް ގެންދިޔައީ ފުލުހުންނެވެ.

ވައި ގޮޅިއަށް ވެއްޓި މީހަކަށް އަނިޔާވެފައިވާއިރު އިއްޔެ ހަވީރު ހުޅުމާލޭގައި ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި ބަންގްލަދޭޝްގެ މީހަކު މަރުވެފައި ވެސް ވެއެވެ.