ހަބަރު

ދިރާގުން ކެއާ ސޮސައިޓީއަށް އެހީވެއްޖެ

Jul 13, 2019

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދަން އެހީ ފޯރުކޮށް ދީފި އެވެ.

ކެއާ ސޮސައިޓީ އިން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އެފަދަ ކުދިންނަށް ކޮންމެ ވެސް އާމްދަނީ އެއް ހޯދާނެ ގޮތްތަކެއް ހޯދައިދޭން މަގު ފަހިކޮށްދިނުމެވެ.

ކެއާ ސޮސައިޓީގެ މި ޕްރޮގްރާމްގައި ކޮމްޕިއުޓާ ސްކިލްސް އާއި ފެހުމާއި ޑިޒައިން ފަދަ ތަފާތު ހުނަރުތައް ދަސްކޮށްދެ އެވެ.

ކެއާ ސޮސައިޓީގެ އެގްޒެކްޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވިދާޅުވީ ދިރާގު ފަދަ ކުންފުނި ތަކުގެ އެހީ ވަރަށް މުހިންމު ކަމެއް ކަމަށާއި ކުންފުނިތަކުން އެންޖީއޯތަކަށް އެހީތެރިކަން ލިބޭ ނަމަ، ދެމެހެއްޓެނެވި ގޮތަކަށް މި ފަދަ ޕްރޮގުރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ކްލާސްތައް ދެމެހެއްޓެނެވި ގޮތެއްގައި މިދިއަ ތިން އަހަރު ގެންދެވުނީ ދިރާގުން އެހީގައި ކަމަށެވެ.

ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިނަން އެހީތެރިކަން ފޯރުކޮށްދީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް އިސްކަމެއް ދެއެވެ. މީގެ ކުރިން ވެސް އެ ކުންފުނިން ވަނީ ކެއާ ސޮސައިޓީގައި އާލީ އިންޓަވެންޝަން ކްލާހެއް ފަށަން އެހީ ވެފަ އެވެ.

އަދި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން ފޮ ޕާސަންސް ވިތް ޑިސްއެބިލިޓީސް، އަދި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަން ފަދަ އެންޖީއޯތަކުގެ ތަފާތު ޕްރޮގްރާމްތަކަށް ވެސް ދިރާގުން އެހީވެ އެވެ.