ހަބަރު

ނޭޕާލްގެ ބޮޑުވަޒީރަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ނޭޕާލުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔަ ހާދިސާތަކުގައި އެތައް ބަޔަކު މަރުވުމާއި ގުޅިގެން އެގައުމުގެ ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޮލީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ފޮނުއްވި މެސެޖްގައި ވިދާޅުވީ، ނޭޕާލުގައި ފެންބޮޑުވެ އެތައްބަޔަކު މަރުވެ، ގެތަކަށާއި މުދަލަށް ގެއްލުން ލިބުނު ހަބަރު އަޑުއެހީ ފުން އަސަރާއި ހިތާމައާއެކު ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި އެގައުމުގެ ބޮޑުވަޒީރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުވާ ކަމަށާއި ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

ނޭޕާލުގައި ފެންބޮޑުވެ މިހާތަނަށް 34 މީހުން މަރުވެފައިވާއިރު، 24 މީހުން ގެއްލިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފައިވެ އެވެ.