އޮފްބީޓް

ބާލީގެ މި ފޮޓޯގެ އަސްލު ކިޔައިދީފި!

ހަނީމޫނަށް ދަނީ ކޮންތާކަށް ހެއްޔޭ އަހާލައިފިވިއްޔާ މިހާރު އެންމެ ގިނައިން ދޭނެ ޖަވާބަކީ އިންޑޮނޭޝިއާގެ ބާލީ އެވެ. ބާލީގެ ރީތި ފަރުބަތަކާއި މޫދު ބަލައިލާން ކައިވެންޏަށް ފަހު އަދި ކައިވެނީގައި ނޫނަސް ރައްޓެހިންނާއެކު ވެސް ފައިސާ އެއްކޮށްގެން ދެ އެވެ. އެ ދަތުރު ދިއުމަށްފަހު ހިތް ފުރޭ ވަރަށް ފޮޓޯ ނެގުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އަދި މި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުން މާ މުހިއްމު ވާނެ އެވެ.

ބާލީއަށް ޗުއްޓީގަި ދާ ކޮންމެ ބަޔަކުވެސް ނެގުން މަޖުބޫރު ފޮޓޯއެއް ގޮތުގައި ބަލަނީ ބާލީގައި ހުންނަ އިހުގެ ފައްޅި އެއް ކަމަށްވާ ޕުރަ ލެމްޕުޔަން ފައްޅީގެ މެދުގައި ނަގާ ފޮޓޯ އެވެ. އިންސްޓަގްރާމްގައި "ހޭޝްޓެގް ގޭޓްސް އޮފް ހެވަން" ޖެހުމުން މިތަނުގައި ނަގާފައިވާ އެތައް ހާސް ފޮޓޯ އެއް ފެންނާނެ އެވެ. ފަރުބަދަތައް ފަހަތުން ފެންނަ އިރު އެއްވަރު ދެ ތަނބުހެން "ގޭޓެއް" ފެންނާނެ އެވެ. އެ ގޭޓުގެ މެދުގައި އެކި ޕޯސްތަކަށް ހުރެ ފޮޓޯ ނަގަ އެވެ. މި ފޮޓޯތައް އިތުރަށް ފުރިހަމަ ކޮށްދެނީ ތިރީގައި އޮންނަ ބޮޑު ފެންގަނޑުންނެވެ. އަދި ފެންގަނޑަށް އެޅިފަައި ހުންނަ ރިފްލެކްޝަނުން ފުރިހަމަކަން އާދެ އެވެ.

މި ރިފްލެކްޝަނަކީ އަސްލެއް ނޫން ކަމަށް ފޯޗޫން މެގަަޒިންގެ އެޑިޓަރަކު ވަނީ ދާދި ފަހުން ވާހަކަ ދައްކާފަ އެވެ. މީގެ ކުރިން މިތާ ފޮޓޯ ނަގާ އެކަަކުވެސް އެ ފެންގަނޑަކީ ފޭކެއް ކަމަކަށް ނުބުނެ އެވެ.

އެ މެގަޒިންގެ އެޑިޓަރު ޕޮލީނާ އިންސައިޑާ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ، ބާލީ އަށް ދިއުމުގެ ކުރިން އެންމެ ގިނައިން ބެލި ފޮޓޯ ތަކަކީ މިތަނުގެ ފޮޓޯތައް ކަމަށެވެ. އަދި އިންސްޓަގްރާމްއަށް ފޮޓޯ ލީ އެކަކުވެސް އެއީ ފޭކު ފެންގަނޑެއް ކަމަކަށް ލިޔެފައި ނެތް ކަމަށް ބުނެފައެއް ނުވެ އެވެ.

ފެންގަނޑު ނެތް އަސްލު ފޮޓޯ އެއް--

އެސަރަހައްދަަށް ގޮސް އަސްލު ފެނި އެއީ ލޮލަށް ދައްކާލާ ދަޅަ އެއްކަން އެނގުމުން ހިތަށް ތަދުވި ކަމަށްވެސް މެރީނާ ވިދާޅުވެ އެވެ.

ބާލީގެ ސިގްނޭޗާ ފޮޓޯ ނެގަން އަސްލު ހަދާ ގޮތަކީ، ފޯނުގެ ކެމެރާ ދަށުގައި ލޯގަނޑެއް ހަރު ކުރަނީ އެވެ. ދެން ފޮޓޯ ނެގުމުން އިލޫޝަން އެއް ހެދެނީ އެވެ.

އެ ޓްވީޓާއެކު ގިނަ ބަޔެއްގެ ސިއްރު ފަޅާ އެރި އެވެ. އަދި އެ ފައްޅީގެ އަސްލު ފޮޓޯތައް ވެސް ވައިރަލްވި އެވެ. އަސްލު ފޮޓޯގައި ފެންގަނޑެއް ވެސް ނެތެވެ.

ބާލީ އަށް ދާން ޕްލޭން ކޮށްފައި ހުރި ގިނަ ބަޔަކަށް މި ހަބަރު ވީ ހިތް ހަލާކުކޮށްލި ކަހަލަ ހަބަރަކަށެވެ. އެހެން ނަމަވެސް ފޭކު ފެންގަނޑެއް ހަދައިގެން ނަމަވެސް ފޮޓޯ ނަގަންވާނެ އެވެ. މުޅި ފޮޓޯ ރީތި ކޮށްދެނީ ރިފްލެކްޝަަނުންނެވެ.