ބޭރު ކުޅިވަރު

ސްޕޭނާއި އިޓަލީ، އަދި ނެދަލޭންޑްސް އާއި ފްރާންސް އެއްގްރޫޕަކަށް

Jul 25, 2015

2018 ވަނަ އަހަރު ރަޝިޔާގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިންގައި ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ސްޕޭނާއި އިޓަލީ އެއް ގްރޫޕެއްގައި އަދި މަޝްހޫރު ފްރާންސާއި ނެދަލޭންޑްސް ވެސް އެއް ގްރޫޕެއްގައި ވާދަކުރަންޖެހިއްޖެ އެވެ.

2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕޭނާއި 2006 ވަނަ އަހަރުގެ ޗެމްޕިއަން އިޓަލީ ހިމެނުނީ ގްރޫޕް ޖީގަ އެވެ. މި ގްރޫޕުގައި ދެނެ ހިމެނުނީ އަލްބޭނިއާ އާއި އިޒްރާއީލް އަދި މެސެޑޯނިއާ އާއި ލެއިޗެއިންސްޓެއިން އެވެ.

ފްރާންސާއި ނެދަލޭންޑް ހިމެނުނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕުގައި ދެން ހިމެނުނީ ސްވިޑްން އާއި ބަލްގޭރިޔާ އަދި ބިލާރުސް އާއި ލަގްޒެންބާގެވެ.

އެންމެ އިސްވެރިއަކަށް އިނގިރޭސި ރާނީ ބަލައިގެންއުޅޭ އިނގިރޭސީންނާއި ސްކޮޓްލޭންޑް ލައްވާލީ ގްރޫފް އެފްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ސްލޮވާކިޔާ އާއި ސްލޮވީނިއާ އަދި މޯލްޓާ އާއި ލިތުއޭނިޔާ އެވެ. ގްރޫޕް ޑީގައި ހިމެނެނީ ވޭލްސް އާއި އޮސްޓްރިއާ އަދި ސާބިއާ އާއި އަޔަލޭންޑް އަދި މޯލްޑޯވާ އާއި ޖޯޖިއާ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު ހިމެނުނީ ޗެކް ރިޕަބްލިކާއެކު ގްރޫޕް ސީގަ އެވެ. ދެން ހިމެނެނީ އުތުރު އަޔަލޭންޑާއި ނޯވޭ އަދި އަޒަރަބައިޖާން އާއި ސޭންމަރީނޯ އެވެ.

ޕޯޗުގަލް ހިމެނުނީ ސްވިޒަލޭންޑާއި ހަންގޭރީ އަދި ފެރޯ އައިލެންޑްސް އާއި ލެޓްވިއާ އާއި އެންޑޯރާއާއެކު ގްރޫޕް ބީގަ އެވެ.

ރޫމޭނިޔާ އާއި ޑެންމާކް އަދި ޕޮލެންޑާއި މޮންޓެނީގްރޯ އަދި ކަޒަކިސްތާނާއި އާމީނިއާ ހިމެނެނީ ގްރޫޕް އީގަ އެވެ.

މަޝްހޫރު ބެލްޖިއަމް އާއި ބޮސްނިއާ އާއި ގްރީސް އަދި އެސްޓޯނިއާ އާއި ސައިޕްރަސްއާއެކު ގްރޫޕް އެޗްގަ އެވެ. ގްރޫޕް އައިގައި ހިމެނެނީ ކްރޮއޭޝިޔާ އާއި އައިސްލޭންޑް އަދި ޔުކްރޭނާއި ތުރުކީ އާއި ފިންލޭންޑެވެ.