ހަބަރު

ޖޭއެސްސީގެ އާންމުންގެ މެންބަރަށްވުމުގެ ފުރުސަތު ހުޅުވާލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރަށްވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖޭއެސްސީ އަށް މަޖިލީހުން ކަނޑައަޅާ މީހަކުގެ މަގާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ތައުލީމީ ސެޓްފިކެޓުތަކާއި އައިޑީ ކާޑު ކޮޕީ އާއި ކުށުގެ ރިކޯޑު ފޯމު ތައް މި މަހުގެ 24 ގެ ކުރިން މަޖިލިސް އިދާރާ އަށް ހުށަހަޅަން ޖެހޭ ކަމަށެވެ.

ޖޭއެސްސީ ގާނޫނުގެ ތިން ވަނަ މާއްދާގެ ހަ ވަނަ ނަންބަރުގެ ދަށުން ޖޭއެސްސީ އަށް އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކަނޑައަޅާ މީހަކަށް އެ ކޮމިޝަނުގައި ހުރެވޭނީ ފަސް އަހަރަށެވެ. ދައުރު ހަމަވުމުން އެ މީހަކު އަލުން އެ ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.