އިޒްރޭލް

ހަމަލަދީފިނަމަ ލުބުނާނާއި ހިޒުބުﷲ ނައްތާލާނަން: ނަތަންޔާހޫ

ހިޒުބުﷲ ޖަމާއަތުން އިޒްރޭލަށް އިސްވެ ހަމަލާއެއް ދީފިނަމަ އެ ޖަމާއަތާއި ލުބުނާން އެއްކޮށް ނައްތާލާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

އިޒުރޭލްގެ ކެބިނެޓް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ލުބުނާނުން ވާގިވެރިވާ ހިޒުބުﷲ ޖަމާއަތުން އިސްވެ އިޒްރޭލަށް ހަމަލާދީފިނަމަ އެ ޖަމާއަތް ދުނިޔެއިން ނައްތާލައި ލުބުނާނު ވެސް ފޮހެލާނެ ކަމަށެވެ.

"ވަރަށް ސާފުކޮށް މި ވިދާޅުވަނީ، ހިޒުބުﷲ އިން އިޒްރޭލަށް އިސްވެ ހަމަލާދީފިނަމަ އެއީ ހަދާނެ އެންމެ ބޮޑު ގޯސް، އަހަރުމެން، ލުބުނާނާއި އެ ގައުމުގެ އަސްކަރިއްޔާ ނައްތާލާނަން" ނަތަންޔާހޫ ވިދާޅުވި އެވެ.

ހިޒުބުﷲ ޖަމާއަތުން އިޒްރޭލަށް ހަމަލާދޭނެ ކަމަށް ބުނީ، އެމެރިކާއި އާއި އިރާނާ ދެމެދު ހާލަތު ގޯސްވެފައިވާތީ އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ. ހިޒުބުﷲ ޖަމާއަތުން ލުބުނާނަށް ކަނޑައަޅައިފައިވާ ލީޑަރު ހަސަން ނަސްރުﷲ ވިދާޅުވީ އިޒްރޭޅަށް ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރު ހީވުމުން އެމެރިކާގެ ވިސްނުން ވެސް ބަދަލުވެގެން ދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ހިޒުބުﷲ ކުރަމުންދާ މަސައްކަތް ބަލައިގަންނަ ޖެހޭ ކަމަށާއި، އެ ޖަމާއަތުން ކުރާ މަސައްކަތަކީ އެމެރިކާއިން އިރާނާއެކު ކުރަން ބޭނުންވާ ހަނގުރާމަ ހުއްޓުވުން ކަމަށެވެ.

އެމެރިކާ އާއި އިރާނާއި ދެމެދު ހަނގުރާމައަކަށް ދާ ހިސާބަށް މަޝްރަހު ގޯސްވެފައި ވަނީ އަރަބި ކަނޑުގައި ދަތުރު ކުރަމުންދިޔަ އިރާންގެ ތެޔޮ ޓޭންކަރަކަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މި ހަމަލާއަށްފަހު އެމެރިކާގެ ޕެންޓަގަން އިން ވަނީ އިރާންގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ކޯލިޝަނެއް ހަދަމުންދާ ކަމަށް ބުނެފަ އެވެ. މިހާރު

އިރާންގެ ރައީސް ހަސަން ރޫހަނީ ހުންނެވީ ޝަރުތުތަކަކާއެކު އެމެރިކާއާއި ބައްދަލުކުރާ ގޮތަށެވެ.