ދުނިޔެ

އިޒުރޭލަށް ހަމަލާދޭން އީރާން ތައްޔާރުވެއްޖެ: އެމެރިކާ

އިިޒުރޭލާއި ހިޒްބުﷲއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ އަލިފާން ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވީ ނަމަވެސް އިޒުރޭލަށް ހަމަލާދޭން އީރާން ތައްޔާރުވެފައި އޮތް ކަމަށް އެމެރިކާގެ ވައިޓް ހައުސްއިން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ޖޯން ކިރްބީ ވިދާޅުވި ގޮތުގައި، މިހާރު ވަގުތީ ގޮތުން ނުރައްކާ ކުޑަވެފައިވީ ނަމަވެސް، އީރާން އަދިވެސް އޮތީ އިޒުރޭލަށް ހަމަލާދޭން ތައްޔާރަށެވެ.

މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބެލެވޭތީ، އެމެރިކާއިން ވަނީ އިޒުރޭލު ހިމާޔަތްކުރުމަށް ބޭނުންވާ ހަތިޔާރާއި ސިފައިންނާއި އަސްކަރީ މަނަވަރު ފޮނުވާފަ އެވެ.

އެމެރިކާ އިން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ހާލަތު އިތުރަށް ގޯސްވެ އިޒުރޭލަށް ބޮޑު ގެއްލުމެއް ލިބިދާނެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެމެރިކާ އޮތީ އިޒުރޭލުގެ ދިފާއުގައި އެ މައްސަލައިގެ ތެރެއަަށް ވަންނަ ގޮތަށެވެ.