ހަބަރު

ބައެއް ރަށްރަށަށް އުދަ އަރައިފި

ރާއްޖޭގެ މެދުތެރެ އާއި ދެކުނުގެ ބައެއް ރައްތަކަށް އުދަ އަރަމުން އެބަދެ އެވެ. މެދު ތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް މިއަދު ހެނދުނުން ފަށައިގެން އުދައިގެ އަސަރު ކުރަމުން ގޮސްފައި ވެއެވެ.

ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި، ބޮޑު ދިޔައިގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ރަށްރަށަށް އުދަ އަރަމުން ދާ ކަމުގެ ރިޕޯޓުތައް މިއަދު ހެނދުނުން ފަށައިގެން ލިބެމުން އަންނަ ކަމަށެވެ.

އެގޮތުން، ވިއްސަކަށް ރަށުން ރިޕޯޓު ކޮށްފައިވާ ކަމަށާއި އެންމެ ބޮޑަށް އުދަ އެރި ކަމަށް މައުލޫމާތު ލިބުނީ ގދ. ރަތަފަންދޫ އަށް ކަމަށެވެ. ރަތަފަންދޫގެ އިތުރުން ތ. ތިމަރަފުއްޓާއި ކިނބިދޫ އަށް ވެސް އުދައަރާ ގެއްލުންތައްވި ކަމަށް ރިޕޯޓުކޮށްފައި ވެ އެވެ.

ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނައިފް އަސްލަމް ވިދާޅުވި ގޮތުގައި މިއަދު އެރި އުދައިގައި އެ ރަށުގެ ގެޔަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. އަދި ގޭގޭގެ ގޯތި ތެރެއަށް ލޮނު ވަނުމުގެ އިތުރުން ދަނޑުތަކުގައި ލޮނު ހެދި ގެއްލުންވެފައި ވެއެވެ.

"އެންމެ ގެޔެއްގެ އެތެރެ އަށް ބޮޑަށް ފެން ވަދެފައި ވަނީ،"

އުދައިގެ އަސަރު ކުރަމުންދާތީ ފެން ނުވަންނާނެ ގޮތަށް ރަށްރަށުގައި ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތް އެކި ރަށްރަށުގައި ދަނީ ކުރަމުންނެވެ.

ބައެއް ރަށްރަށަށް އުދަ އަރަމުން އަންނަ އިރު މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސާވިސް އިން ބުނީ މިރޭގެ ވަގުތެއްގައި ވެސް އުދައިގެ އަސަރުކޮށްފާނެ ކަމަށެވެ.