ވިޔަފާރި

އެންޖަލްހެކް ކާމިޔާބުކުރީ ޓީމް ސްޓޭލައިޓް

Jul 16, 2019
2

ދިރާގާއި އެމްއެމްއޭ އަދި ސްޕާކް ހަބް ގުޅިގެން ބޭއްވި ހެކަތޯން ޓީމް ސްޓޭލައިޓުން ކާމިޔާބު ކޮށްފި އެވެ.

ގިނަ އަދަދެއްގެ ޑިވެލޮޕަރުންނާއި އައިޓީ ދާއިރާގެ ޒުވާނުން ބައިވެރވި މި ހެކަތޯންގައި ބައިވެރި ޓީމްތަކުގެ ތެރެއިން ޓީމް ސްޓޭލައިޓް އިން ތައްޔާރު ކުރި ޕްރޮގްރާމަށް ވަނީ އެއްވަނަ ލިބިފަ އެވެ. މި ޓީމުން ތައްޔާރު ކޮށްފައިވަނީ އެކޮމޮޑޭޝަން ބުކިން ހަދާއިރު އިންސްޓޯލްމަންޓަށް ފައިސާ ދައްކާލެވޭނެ އެޕްލިކޭޝަނެކެވެ.

ޓީމް ސްޓޭލައިޓުން ބުނެފައިވާ ގޮތުގައި މި ޕްރޮގްރާމް އުފެއްދުމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ވިއެވެ. އަދި އެންޖަލް ހެކަތޯން އިއުލާނު ކުރުމުން މި ޕްރޮގްރާމް އިތުރަށް ތަރައްގީ ކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

ދިރާގުން ބުނި ގޮތުގައި މި ހެކަތޯން ކާމިޔާބު ކުރި ޓީމަށް ދުނިޔޭގެ ބޭރުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން 12 ހަފުތާގެ ހާއްސަ ތަމްރީން ތަކެއް ލިބޭނެ އެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން މިދިޔަ އަހަރު ވެސް މި ހެކަތޯން ބޭއްވި އެވެ. މިދިޔަ އަހަރުގެ ހެކަތޯންގައި 50 އަށް ވުރެ ގިނަ މީހުން ބައިވެރިވިވެފައިވެ އެވެ.