ރާއްޖެ ކުޅިވަރު

މިނިވަންކަޕްގެ ނަމުގައި އައްޑޫގައި ފުޓްސަލް މުބާރާތެއް

Jul 26, 2015

އައްޑޫގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މިނިވަން ކަޕް މިނިވަން50 އާ ގުޅުވައިގެން މާދަމާ ފަށަން ނިންމައިފި އެވެ.

ޗެމްޕިއަން ޓީމަށް 20000ރ. ހުށަހަޅާފައިވާ މި މުބާރާތުގެ ދެ ވަނަ ޓީމަށް 10000ރ. ހުށަހަޅާފައިވާ މުބާރާތް މާދަމާ ފަށާނީ އައިޖޭ އާއި އެމްއެންޑީއެފްގެ މެޗުންނެވެ.

ޖުމުލަ 10 ޓީމަކުން ވާދަކުރާ މި މުބާރާތުގައި ދެން ވާދަ ކުރާ ޓީމުތަކަކީ މުލިމަތި އެފްސީ، ޕޮލިސް ކުލަބު، މޫލެކެޑެ އެފްސީ، ޑީކޭ ސްޕޯޓްސް، ލިނަން އެޓްއެފްސީ، ކެނަރީޒް އެފްސީ އަދި މަންތަރަ އެފްސީ އާއި ރެޑްލައިން ސްޕޯޓްސް އެވެ.

މުބާރާތް ހަވީރާއި ރޭގަނޑު ކުރިއަށްދާއިރު ފައިނަލް މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު އެވެ.

މި މުބާރާތަކީ 2009 ވަނަ އަހަރުން ފެށިގެން ހުޅުދޫ ޒުވާނުން އިސްނަގައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.