ހަބަރު

ވިލާ ކޮލެޖުގެ ރިސާޗް ކޮންފަރެންސް ފަށައިފި

ވިލާ ކޮލެޖުން ކޮންމެ އަހަރަކު ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް މިއަދު ފަށައިފި އެވެ.

މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ޓްރާންސްފޯމެޓިވް ތިންކިން ލީވް ޓު ދަ ފިއުޗާ" އެވެ. މި ތީމްގެ ދަށުން އަށް ދާއިރާއަކުން ޕޭޕަރުތަކާއި ޕޯސްޓަރުތައް ހުށަހަޅާފައިވާއިރު ކޮންފަރެންސްގައި ހަތަރު ކީނޯޓް ސްޕީޗް އާއި އަށް ޕެނަލް ޑިސްކަޝަން ހިމެނެ އެވެ.

މާދަމާގެ ނިޔަލަށް އޮންނަ މި ކޮންފަރެންސަކީ ސައިންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޔުނިސެފާއި މޯލްޑިވްސް އެސޯސިއޯޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސްއާއި މެލޭޝިއާގެ އިންފިންޓެލް އިން އެންޑޯޒް ކޮށްފައިވެ އެވެ.

މިއީ އެކި ދާއިރާ ތަކުގެ ރީސާޗަރުންގެ ރިސާޗްތައް ފަންނީ ބޭފުޅުންނަށް ހިއްސާ ކުރުމަށައި ހުށަހެޅުމަށް ފުރުސަތު ތަނަވަސްކޮށްދޭ ކޮންފަރެންސެކެވެ. މި ކޮންފަރަންސްގައި ޕްރެޒެންޓް ކުރާ ރިސާޗަރުންގެ ކަރުދާސްތައް ވިލާ ކޮލެޖްގެ ޖާނަލް "އިންޓަނެޝަނަލް ޖާނަލް އޮފް ސޯޝަލް ރިސާޗް އެންޑް އިނޮވޭޝަން" ގައި ޝާއިއު ކުރާނެ އެވެ.