މޫސުން

ސަމާލު: އުދަ އަރާނެ، ބޯކޮށް ވާރޭ ވެހޭނެ

Jul 17, 2019

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދިވެސް އުދަ އަރާފާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ މައި އިދާރާއިން ސަމާލުވާން އަންގައިފި އެވެ.

މެޓް އޮފީހުން ބުނީ، މިއަދު މެންދުރު 12:15 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަ ވާނެ ކަމަށެވެ.

މިއަދު ވެސް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް މިހާެރުވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރާފަ އެވެ.