އެމެޖެންސީ ހާލަތްތަކަށް ތައްޔާރުވުމާބެހޭ މަސައްކަތު ބައްދަލުވުމެއް ރައީސް އޮފީހާއި އިނގިރޭސި ވިލާތުގެ އެމެޖެންސީ ޕްލޭނިން ކޮލެޖާއި ގުޅިގެން ރާއްޖޭގައި ފަށައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއަދު ފެށި ބައްދަލުވުން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާނެ ކަމަށައި މި މަސައްކަތު ބައްދަލުވުމުގައި ފުލުހާއި އެމްއެންޑީއެފާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއާއި ސިއްހީ ދާއިރާއާއި މިނިސްޓްރީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވާ ކަމަށެވެ.
މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ އެމެޖެންސީ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އަމަލުކުރާނެ މިހާރަށްވުރެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާ އަދި އެފަދަ ކަންކަމަށް ތައްޔާރުވުމުގައި އަމަލުކުރާ ގޮތްތައް ހަރުދަނާ ކުރުމެވެ.