ހަބަރު

އާސާރުގެ ގޮތުގައި ދެ މިސްކިތެއް ތަރައްގީ ކުރުނީ

ގދ. ވާދޫ މިސްކިތަކާއި ބ. ކުޑަރިކިލުގެ މިސްކިތެއް އާސާރީ ތަންތަނުގެ ގޮތުގައި ތަރައްގީ ކުރަން ޕްރޮޕޯސަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ހެރިޓޭޖް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ދެ މިސްކިތުގެ ޕްރޮޕޯސަލާއި މިސްކިތް މިހާރު ހުރި ގޮތުގެ ކުރެހުން ތައްޔާރު ކުރަން ޝައުގުވެރިވާ ފަރާތްތަކުން ހެރިޓޭޖަށް ނުވަތަ ވާދޫ އާއި ކުޑަރިކިލު ކައުންސިލަށް ބުރާސްފަތި ދުވަހުގެ ކުރިން ހުށަހެޅުމަށެވެ.

ދެ މިސްކިތުގެ އިތުރުން މާލޭގެ ދާރުލް އުލޫމް އިމާރާތުގެ އެސެސްމަންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ވެސް އިއުލާން ކޮށްފަވެ އެވެ. މި މަސައްކަތައް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.