މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި

Jul 22, 2019

ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާއި ކުރިމަތިލުމުގެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ ވަޒީފާއަށް ހުޅުވާލި ފުރުސަތު ގައި ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު އަންނަ އޮގަސްޓު 22 ވަނަ ދުވަހު ހުށަހަޅަންޖެހެ އެވެ. ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެވެ.

ފުލުހުންގެ ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއި އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއި ފުލުހާ ގުޅުން ހުރި ދާއިރާ އަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި ނިޔަމި ކޯސް ފުރިހަމަކޮށް ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަށް ވުމާއި ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަދި އަންހެން އިސްކޮޅުގައި 5 ފޫޓަށްވުރެ ކުރުނުވުން ފަދަ ޝަތުރުތައް ހިމެނެ އެވެ.

މުސާރައާއި އެހެނިހެން ޢިނާޔަތްތައް

މުސާރަ: 11،810 ރުފިޔާ
އަސާސީ މުސާރަ: 4،650 ރުފިޔާ
ސަވިސް އެލަވަންސްގެ ގޮތުގައި މަހަކު: 5,000 ރުފިޔާ
ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ 40 ޕަސެންޓް (1،860 ރުފިޔާ)
ޔުނީފޯމް އެލަވަންސް: 300 ރުފިޔާ