ވިޔަފާރި

ގެސްޓްހައުސް އެނދުގެ އަދަދު 10،000 ކައިރިއަށް

Jul 24, 2019
1

ރާއްޖޭގައި ރަށު ޓޫރިޒަމްގެ ވިޔަފާރި ފުޅާވެ، ގެސްޓްހައުސްތަކުގައި ހުރި އެނދުގެ އަދަދު 10،000 އާ ކައިރިއަށް އިތުރު ވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ރަށު ޓޫރިޒަމަށް ހިދުމަތް ދޭ 555 ތަނެއް އެބަހުއްޓެވެ. އަދި އެ ތަންތަނުގައި 9,121 އެނދު އެބަހުއްޓެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި ގެސްޓްސް ހައުސްތަކުގެ އަދަދާ އަޅާ ބަލާއިރު 13.9 ޕަސެންޓުގެ އިތުރު ވުމެކެވެ.

ގެސްޓްހައުސްގައި ހުރި އެނދުތަކުގެ ތެރެ އިން 9,111 އެނދު އޮޕަރޭޓް ކުރަމުން ނުވަތަ ހިދުމަތްދެމުން ގެންދެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަލަށް 30 ގެސްޓްހައުސްއެއް ވަނީ ހުޅުވާފަ އެވެ. އެ މިނިސްޓްރީން އަވަސް އާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް 12 ރިސޯޓެއް ހުޅުވާފައި ވެއެވެ. މިއާއެކު ރާއްޖޭގެ ރިސޯޓުތަކުގެ އަދަދު ވަނީ 158 އަށް އަށް އަރައި ރިސޯޓު އެނދުގެ އަދަދު ވެސް 35،846 އަށް އިތުރުވެފަ އެވެ.