ހަބަރު

އަނެއްކާވެސް މިއުޒިކީ އީދު ފަަށަނީ

ތިން އަހަރުގެ މެދުކެނޑުމަށްފަހު "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

ކުރިން ވެސް މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފަންނާނުންގެ މިއުޒިކީ އީދުގެ ޝޯތައް މިފަހަރު އޮންނާނީ މި މަހުގެ 27 އާއި 28 ވަނަ ދުވަހު ރޭގަނޑު 8:30 އިން ދަންވަރު 12:00 އަށް ކާނިވާ ސްޓޭޖުގަ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު އިސްމާއީލް ނާއިލް މިއަދު ވިދާޅުވީ މިއުޒިކީ އީދުގައި ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުނާއެކު މަޝްހޫރު 13 ބޭންޑެއް ބައިވެރިވާނެ ކަމަށެވެ.