މާޒިޔާގެ އަހުމަދު ނާޝިދު (ނާއްޓޭ) ބާކީކޮށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށްދާ ގައުމީ ޓީމު ފައިނަލްކޮށްފި އެވެ.
އަންނަ މަހު 1 އިން 8 އަށް ރިޔޫނިއަންގައި ބާއްވާ މުބާރާތަށްދާ ޓީމުން ދެން ބާކީ ކުރީ އޮސްޓްރޭލިޔާގެ ޔޫތު ލީގުގައި ކުޅޭ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފް އާއި މަހިބަދޫގެ ދެބެން ކަމަށްވާ ގާސިމް ސައްމާމް އާއި ސަމޫހު އަލީގެ އިތުރުން މާޒިޔާގެ އަސަދުﷲ އަބުދުﷲ އެވެ.
ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު ލަތީފް މިރޭ ބުނީ ޓީމުން މަނީއު ބާކީވީ އޭނާ އަދި މާޅަވުމުގެ ސަބަބުން އެހެން ކުޅުންތެރިންނާ ގުޅުން ވެސް ކުޑަވުމުން ކަމަށެވެ. އަދި އަނިޔާގެ ސަބަބުން އަސަދުﷲ ބާކީކުރަން ޖެހުނުއިރު ނާއްޓޭ އަށް ގަދަ ހުމެއް ޖެހިފައިވާ ކަމަށެވެ.
"އަހަރުމެން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ހުރިހާ ކުލަބުތަކުގެ ކޯޗުންނަށް. އެމީހުން ކުޅުންތެރިން ތައްޔާރުކޮށްދޭން ކުރާ މަސައްކަތުގެ ސަބަބުން މި ޓީމު ކާމިޔާބީއާ ހަމައަށްދާނީ. ޓީމުގެ ކޯޗު (ބަލަގޭރިޔާގެ ވެލީޒާ ޕޮޕޯފް) ހުރީ ކުޅުންތެރިންނާމެދު ވަރަށް ހިތްހަމަޖެހިގެން،" ލަތީފް ބުންޏެވެ.
އޭނާ އަދި ބުނީ ޓީމުގެ އަމާޒަކީ އެންމެ ދަށްވެގެން ތިން ވަނަ މަގާމު ހޯދުން ކަމަށެވެ.
މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު:
އަސްއަދު އަލީ (އަޑުބަރޭ)
މުހައްމަދު ރަޝީދު (ހޮކޭ)
މުހައްމަދު ޝިފާން (ކުޑައްޓޭ)
އަލީ ފާސިރު (ސެންޓޭ)
ހަމްޒާ މުހައްމަދު (ހަމްޕު)
ރިލްވާން ވަހީދު
ޝާފިއު އަހުމަދު
އަހުމަދު އަބުދުﷲ (ލިލީ)
ވެލެންސިއާ:
އަކުރަމް އަބުދުލްގަނީ
ހުސައިން ނިހާން
އަހުމަދު އާތިފް (ގޯލްކީޕަރު)
މޫސާ ޔާމީން
މުހައްމަދު އުމޭރު
އަމްދާން އަލީ (އެންޑީ)
އަހުމަދު އިމާޒް (އާއްކޮ)
އިބްރާހީމް އިފްރާހު އަރީފް (ގޯލްކީޕަރު)
ނާއިޒް ހަސަން
މުހައްމަދު އިމްރާން (ގޯލްކީޕަރު)
އިސްމާއީލް އީސާ (މެސީ)