ހަބަރު

ހިދުމަތްތައް ލިބުމުގައި ދަތިވަނީ ސިސްޓަމް އަޕްގްރޭޑް ކުރާތީ: ދިރާގު

ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރަން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރިއަށް ދާތީ ބައެއް ހިދުމަތްތައް ލިިބުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ،

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނި، ދިރާގުން މިއަދު ބުނީ ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ މަސައްކަތަކީ ގިނަ ޓެކްނިކަލް ކަންތައްތަކާއި މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ. އެހެން ކަމުން ޓެކްނިކަލް ޓީމުތަކުން ދަނީ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދޭން މަސައްކަތް ކުރަމުން ކަމަށެވެ.

ދަތިތަކާ ކުރިމަތިދިމާވެދާނެ ހިދުމަތްތައް

  • ރީލޯޑް އަދި ރީޗާޖް އާއި ގުޅޭ ހިދުމަތްތައް
  • މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
  • ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް ބޭނުންކުރުން
  • މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗާ)
  • ދިރާގު ކަސްޓަމާ ސާވިސް ސެންޓަރު ތައް އަދި ދިރާގު ޕާޓްނާޝޮޕް ތަކުން އާ މޮބައިލް ހިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
  • މޮބައިލް ނަންބަރު ޕޯޓަބިލިޓީ

މި ހިދުމަތްތަކަށް ދަތިތަކާ ދިމާވި ނަމަވެސް ކަސްޓަމަރުންނަށް ޑޭޓާ އާއި އެސްއެމްއެސް އަދި ވޮއިސް ކޯލްގެ ހިދުމަތްތައް އެއްވެސް ދައްޗެއްނެތި ބޭނުން ކުރެވެނޭ ކަމަށް ދިރާގުން ބުންޏެވެ.