ހަބަރު

ދެ ގައުމެއްގެ ސަފީރުން ފަތްކޮޅު ރައީސަށް އަރުވައިފި

Jul 25, 2019

ލާއޯސް އާއި ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ. އެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ލާއޯސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މރ. ބައުނެމް ސޯއަންޔޮމް އާއި، ސޫދާނުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މރ. އަހްމަދު ޔޫސުފާ، ރައީސް ސޯލިހާ ވަކި ވަކީން ބައްދަލު ކުރައްވާފަ އެވެ.

މި ދެ ގައުމުގެ ސަފީރުން ދެއްކެވި ވާހަކަފުޅުގައި އެ ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އަދި އެބޭފުޅުން ވަނީ ރާއްޖެ އާއި އެ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އިތުރަށް ބަދަހި ކުރަން ޝައުޤުވެރިކަން ފާޅު ކުރައްވާފަ އެވެ.