ދިރާގު

އަޕްގްރޭޑިންގެ ބޮޑުބައި ނިމިއްޖެ: ދިރާގު

Jul 26, 2019

ދިރާގުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރަން ފަށާފައިވާ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑިންގެ ދެވަނަ މަރުހަލާގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލަތީ ކުންފުނިން ބުނީ އަޕްގްރޭޑިން އެ މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވޭ އަދި ތަފާތު މަރުހަލާތަކަށް ބެހިގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް މަރުހަލާތަކުގައި ވެސް ތަފާތު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އެންމެ އިސް ކަން ދެނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތްތައް ރާވައިގެން ކުރިޔަށް ގެންދިޔުން ކަމަށެވެ. މި އަޕްގްރޭޑިންގެ އަމާޒަކީ ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ކަސްޓަމަރުންގެ ހިދުމަތްތަކުގެ ތަޖުރިބާ ރަނގަޅު ކުރުން ކަމަށެވެ.

ކުރިއެކޭ އެއްގޮތަށް މިހާރު ބޭނުން ކުރެވޭނެ ހިދުމަތްތައް

  • ރީލޯޑް އަދި ރީޗާޖާއި ގުޅޭ ހިދުމަތްތައް
  • މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
  • ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
  • މަމެން މޯބައިލް އެޕް
  • ކަސްޓަމާ ސާވިސް ސެންޓަރުތައް
  • ދިރާގު ޕާޓްނާ ޝޮޕްތަކާއި މޮބައިލް ހިދުމަތް ހޯދުމާއި ބިލަށް ފައިސާ ދެއްކުން

ދިރާގުން ވަނީ ކަސްޓަމަރުންނަށް ކުރިމަތިވި ދަތިތަކަށް މައާފަށް އެދިފަ އެވެ.