ހަބަރު

ބްރިގޭޑިއާ ޖެނަރަލް އަލީ ޒުހައިރު ރިޓަޔާކޮށްފި

Jul 27, 2019
10

ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާކޮށްފި އެވެ.

ސިފައިންގެއަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ކޯސްޓްގާޑު ކޮމާންޑަރު، ބްރިގޭޑިއާ ޖެނެރަލް ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސިފައިންގެ ރިޓަޔަމަންޓް ގަވައިދުގައިވާ ގޮތުން ޝަރަފްވެރި ކަމާއެކު ވަޒީފާއިން ރިޓަޔާ ކުރެވޭނީ 20 އަހަރުގެ ހިދުމަތަށް ފަހުގަ އެވެ.

ޒުހައިރަކީ ކޯސްޓްގާޑު ކޮމާންޑުގެ އިތުރުން ސިފައިންގެ ވެލްފެއާ ކޮމްޕެނީ (ސިވެކް) ގެ ޗެއާމަން ވެސް މެއެވެ.