ސައިންސް

140 މިލިއަން އަހަރުވީ ޑައިނަސޯ ކަށިގަނޑެއް!

Jul 27, 2019
1

މީގެ 140 މިލިއަން އަހަރު ކުރިން ދިރިއުޅުނު ކަމަށް ބެލެވޭ ޑައިނަސޯއެއްގެ ކަށިގަނޑެއް ފްރާންސުން ހޯދައިފި އެވެ. ފްރާންސްގައި ހޯދާފައި ވަނީ ޑައިނަސޯއެއްގެ ފައިގެ ކަށިގަނޑެކެވެ.

މި ކަށިގަނޑުގައި ހަ ފޫޓު ހަ އިންޗި ހުއްޓެވެ. ބެލެވޭ ގޮތުގައި މިކަށިގަނޑު ނިސްބަތް ވަނީ ސޯރޯޕޮޑް ކިޔާ ޑައިނަސޯގެ އާއިލާއަށެވެ. ސޯރޯފޮޑް އަކީ ފަތްޕިލާވެލި ކައިގެން ދިރިއުޅުނު ބިޔަ ޑައިނަސޯއެކެވެ. އަދި މިއީ ޖުރެސިކް އިރާގައި މަރުވެފައިވާ ޑައިނޯސައެއް ކަމަށް، ކަށިގަނޑު ދިރާސާކުރާ ފަރާތްތަކުން ބުނެފައި ވެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނީ ކަށިގަނޑު އުފެދިފައިވާ ގޮތުން އެއީ ބާރުގަދަ ނުރައްކާތެރި ޑައިނަސޯއެއް ކަމަށް ބެލެވެ އެވެ.

ސޯރޯފޮޑް ޑައިނަސޯއެއްގެ ބަރު ދަނުގައި 40 ޓަނާއި 50 ޓަނުގެ ހުރެ އެވެ. ދެހާސް ދިހައެއްގައި ފެނިފައިވާ ސޯރޯޕޮޑުގެ ޑައިނަސޯއެެއްގެ ފައިގެ ކަށިގަނޑުގައި އެކަނިވެސް 500 ކިލޯ ހުއްޓެވެ. ޔޫރަޕްގެ އެކި ގައުމުތަކުން ފާއިތުވި އަށް އަހަރުތެރޭ ވަނީ ޑައިނަސޯގެ 7500 ވުރެ ގިނަ ކަށިގަނޑު ހޯދާފަ އެވެ.