ހަބަރު

އެމްއައިބީގެ ހިއްސާ ފޯމް ބަލައިގަންނަން ސެންޓަރެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ކަލެކްޝަން ސެންޓަރެއް ހުޅުވައިފި އެވެ.

އެމްއައިބީ އިން މިއަދު ހުޅުވި ކަލެކްޝަން ސެންޓަރު ހުންނާނީ މެޑިކާ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ މ. ފާމުދޭރި ބިލްޑިންގް ގައެވެ. އެމްއައިބީގެ ހުރިހާ ބްރާންޗަކުން ވެސް ފޯމް ބަލައިގަންނާނެ އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފެށީ އިއްޔެ އެވެ. އެ ބޭންކުގެ ހިއްސާ އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ބޭންކުގެ ހިއްސާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް ގަނެވޭނެ އެވެ. ހިއްސާ ގަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާއިފަވެ އެވެ.