އިންޑިއާގެ އެންމެ ބޮޑު އެއް އޭސީ ބްރޭންޑް ބްލޫ ސްޓާ އާއި ރާއްޖޭގެ ސްޕްރިންގް ކޫލް ކުންފުނި ގުޅިގެން ބްލޫ ސްޓާގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.
ސްޕްރިންގް ކޫލް އަަކީ ބްލޫ ސްޓާ ބްރޭންޑުގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރުވެސް މެއެވެ. މި ޝޯރޫމުން އެ ބްރޭންޑްގެ އެންމެ ފަހުގެ އޭސީއާ ވޯޓާ ޑިސްޕެންސާތަކާއި އަދި ވޯޓާ ކޫލަރުގެ އިތުރުން އެހެން ގިނަ ޕްރޮޑަކްޓްތައް ވެސް ލިބެން ހުންނާނެ އެވެ.
ބްލޫ ސްޓާ ކުންފުނިން ބުނީ މާލޭގައި ހުޅުވި ޝޯރޫމާއެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ގެނެސްދީފައިވާ އޭސީތައް ފަސޭހަ ކަމާއެކު ލިބޭނެ ގޮތް މެދުވެރިވެގެން ދާނެ ކަމަށެވެ.
ރޭ ބޭއްވި ހަފްލާއެއްގައި ޝޯރޫމް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޕްރިންގް ކޫލްގެ ޑިރެކްޓަރު އަލީ ރިޔާޒް ވިދާޅުވީ އަލަށް ހުޅުވި އެ ޝޯރޫމުން ބްލޫ ސްޓާ ބްރޭންޑުގެ ވީހާވެސް ގިނަ ޕްރޮޑަކްޓުތައް ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށެވެ.
ސްޕްރިންގް ކޫލް އަކީ ފުޅާ ދާއިރާގައި އޭސީގެ ސާވިސް ކުރުމާއި ސަޕްލައި ކުރާ ކުންފުންޏެކެވެ.