ހެނދުނުގެ ނާސްތާއަށް ޕާންފޮއްޗެއްގައި ޕީނަޓް ބަޓަރު ޖަހާލައިގެން ކާލުމަކީ އެންމެ ފަސޭހައިން އެންމެ އަވަހަށް ތައްޔާރުކޮށްލެވޭ ނާސްތާ އެވެ. އެހެން ގަޑިއެއްގައި ނަމަވެސް ލުއި ކާނާއެއް ގޮތުގައި ޕީނަޓް ބަޓަރު ބޭނުންކުރާތާ އެތައް ދުވަހެއް ވެއްޖެއެވެ. ފިޓްނަސް އަށް ލޯބިކުރާ މީހުންގެ ތެރޭގައި ވެސް ޕީނަޓް ބަޓަރަކީ މަގުބޫލު އެއްޗެެއްކެވެ. ތަފާތު ޕްރޮޓީން ޝޭކާއި ސުމޫތީއަށް އަދި އެނާޖީ ބޯލްސް އަށްވެސް ޕީނަޓް ބަޓަރު އަޅައިގެން ތައްޔާރު ކުރެއެވެ.
ތަފާތު ނަޓް ތަކުން ތައްޔާރު ކޮށްފައިވާ ބަޓަރުތަކަށް ބަލާއިރު މިހާރު މަގުބޫލުވެގެން ޕީނަޓް ބަޓަރަށް ވެސް ސިއްހީ ފައިދާތައް ގިނަ ކަމަށް ބުނަނީ އާމަންޑް ބަޓަރެވެ. ނިއުޓިރިއެންޓް ކޮންޓެންޓަށް ބަލާއިރު ޕީނަޓް ބަޓަރަށްވުރެ އާމަންޑްގެ ފައިދާތައް ބޮޑުވަނީ އޭގައި ވިޓަމިން މިނަރަލް އަދި ފައިބަރު ގިނަ ކަމުންނެވެ، ކެލޮރީގެ ގޮތުންނާއި ހަކުރުގެ ކޮންޓެންޓް އަށް ބަލާއިރު ޕީނަޓް ބަޓަރެކޭ އެއްފަދައިން އައުންސެއްގައި ހުންނަނީ އެއްވަރެކެވެ. 2 މޭޒުމަތީ ސަމުސާގައި ހުންނަނީ 200 ކެލޮރީއެވެ.
ހެލްތީ ފެޓަށް ބަލާއިރު އާމަންޑް ބަޓަރުގެ ފައިދާ ބޮޑެވެ. މޮނޮސެޓުރޭޓަޑް ފެޓަކީ ހިތުގެ ބަލިތަކާއި ބްލަޑް ޝުގާ ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިކޮށްދޭ އެއްޗެއްކެވެ. މޭޒުމަތީ ދެ ސަމްސާގެ އާމަންޑް ބަަޓަރުގައި ޕީނަޓް ބަޓަރަށްވުރެ 25 ޕަސެންޓް ގިނައިން މޮނޮސެޓުރޭޓަޑް ފެޓް ހުރެއެވެ. އެހެން ކަމުން ހެލްތީ ފެޓް ކޮންޓެންޓަށް ބަލާއިރު އާމަންޑް ބަޓާ ޕީނަޓަށްވުރެ ކުރި ހޯދަ އެވެ.
ވިޓަމިން އާއި މިނަރަލަށް ބަލާއިރު އާމަންޑް ބަޓަރު ގައި ޕީނަޓް ބަޓަރާއި އަޅާކިޔާއިރު ވިޓަމިން އީ ތިންގުނައަށް އިތުރެވެ. އަދި އަޔަންގެ މާއްދާ ދެގުނަ އިތުރު އިރު ކެލްސިއަމް ހަތް ގުނައަށް އިތުރެވެ. އެންޓިއޮކްސިޑެންޓެށް ކަމަށްވާ ވިޓަމިން އީ އަކީ ހިތުގެ ބަލިން ރައްކާތެރިކޮށްދޭ އެއްޗެއްކެވެ. އަދި ކެލްސިއަމް ގެ ސަބަބުން ކަށިތައް ވަރުގަދަކޮށްދޭ އިރު އަޔަން ގިނަ މާއްދާތައް ޑައެޓުގައި ހިމެނުމުން ލޭ އުފެއްދުމަށް ރަނގަަޅު ވެއެވެ.
ކާނާގައި ފައިބަރު ކޮންޓެންޓް މަތިވުމުން އަވަހަށް އަވަހަށް ފުރުމަށް މެދުވެރި ވެއެވެ. މީގެ ސަބަބުން މީހާގެ ބަރުދަން މެނޭޖް ކުރުމަށް އެހީތެރި ކޮށްދެއެވެ. އަދި ހަށިގަނޑުން ކޮލެސްޓްރޯލް މަދުކޮށްދޭނެ އެވެ. ދެ މޭޒުމަތީ ސަމްސާ އާމަންޑް ބަޓަރުގައި 3.3 ގްރާމްގެ ފައިބަރު ހުންނަ އިރު ޕީނަޓް ބަޓަރުގައި ހުންނަނީ އެންމެ 1.6 ގްރާމެވެ.
ޕްރޮޓީން އަށް ބަލާއިރު ޕީނަޓް ބަޓަރު އާމަންޑްއަށްވުރެ ކުރި ހޯދަ އެވެ. އެހެން ނަމަވެސް، މާ ބޮޑުތަނަކުން ނޫނެވެ. އެއް ސާވިންގ ޕީނަޓް ބަޓަރުގައި 7.1 ގްރާމްގެ ޕްރޮޓީން ހުންނަ އިރު އާމަންޑް ބަޓަރުގައި ހުންނަނީ 6.7 ގްރާމްގެ ޕްރޮޓީން އެވެ.
ރިސާޗުން ދައްކާގޮތުގައި ނަޓް ބަޓަރަކީ ސިއްހީ ގޮތުން އެތައް ފައިދާއެއް ކުރާ އެއްޗެއްކެވެ. މިގޮތުން ބަލާއިރު ގަވާއިދުން ނަޓް ބަަޓަރު ޑައެޓުގައި ހިމަނާނަމަ ޓައިޕް 2 ޑައިބެޓީސް އާއި ދުރުވެއެވެ. އަދި ވަރަށް ގިނަ ފަހަރު ހީވެފައި އޮވެދާނެ ނަޓް ބަޓަރަކީ މީހާ އާދަޔާ ހިލާފަށް ފަލަކޮށްދޭ އެއްޗެއްކޭ އޭގައި ކެލޮރީ މަތިވުމުން، އެހެން ނަމަވެސް ރިސާޗުން ދައްކާ ގޮތުގައި މިއީ ހަގީގަތެއް ނޫނެވެ.
ނިއުޓިރިޝިން ކޮންޓެންޓަށް ބަލާނަމަ އާމަންޑް ބަޓާ ޕީނަޓަށްވުރެ ފައިދާ ބޮޑެވެ. އެހެން ނަމަވެސް ވޮލެޓަށް ބަރުވުމަކީ އެކަށީގެންވާ ކަމަކެވެ. ޕީނަޓްރަހަ ކަމުދާނަމަ ނަޓް ބަޓަރެއްގެ ގޮތުގައި ޕީނަޓް ބަޓަރު ހިޔާރު ކުރުން ވެސް ނިއުޓިރިޝަންގެ ގޮތުން ގޯހެއް ނޫނެވެ.