ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕުން ގެސްޓް ޓްރާންސްފާ ހަމަޖައްސައިފި

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުން މާލެ އާއި ހުޅުމާލެއާ ދެމެދު ހިލޭ ގެސްޓް ޓްރާންސްފާގެ ހިދުމަތް ދޭން ތައްޔާރު ވެއްޖެ އެވެ. މި ހިދުމަތް ދޭން ފަށާނީ އަންނަ އޮގަސްޓު މަހުން ފަށައިގެނެވެ.

ޓްރީޓޮޕުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕޮޓަލްގެ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމްނެޓެއް ހެދުމުން ގެސްޓް ޓްރާންސްފާ ހިދުމަތަށް ބުކިން ހަދަން ވެސް ފުރުސަތު ލިބޭނެ ކަމަށެވެ. މި ހިދުމަތަށް ބުކިން ހެދުމަށްފަހު، އެޕޮއިންޓްމަންޓް ޔަގީންވި ކަމުގެ އެސްއެމްއެސް ޓްރީޓޮޕް ޓްރާންސްފާ ހިދުމަތުގެ ޑްރައިވަރަށް ދެއްކުމުން އެ މީހަކު ހޮސްޕިޓަލަށް ހިލޭ ގެންގޮސްދޭނެ ކަމަށެވެ.

މި ހިދުމަތް ބޭނުންކުރާ މީހުނަށް އެހީތެރިއަކު ހިލޭ ގެންދިއުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. ގެސްޓް ޓްރާންސްފާގެ ހިދުމަތް އޮންނާނީ މާލޭގައި، ބޮޑުތަކުރުފާނު މަގު ޕޮލިސް ޓޯޔާޑު ކައިރީގަ އެވެ. އަދި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގަ އެވެ.

މާލެއިން ޓްރީޓޮޕަށް މީހުން ގެންދާ ގަޑިއަކީ ހެނދުނު 8:30 އިން އިރުއޮއްސި 6:00 އަށެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލުން މާލެ އަށް މީހުން ގެންދާ ގަޑިއަކީ ހެނދުނު 8:10 އިން އިރިއޮއްސި 6:30 އާ ހަމައަށެވެ.