ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް ތަމްރީނު ކުރަން އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަންއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.
މި އެއްބަސްވުމުގެ ދަށުން ސިފައިންގެ ވައިގެ ހިދުމަތް ފުޅާކޮށް މުސްތަގުބަލުގައި ސިފައިން ގެއަށް ހޯދާ ވައިގެ އުޅަނދުތައް އޮޕަރޭޓް ކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއާާކްރާފްޓް އިންޖިނިއަރުން ތަމްރީނުކޮށް ދިނުން ހިމެނެ އެވެ.