މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މަރުގެ ކޮމިޝަނުން މައްސަލައެއް ނިންމައި ދައުވާ ކުރަން ފޮނުވައިފި

Jul 31, 2019
3

ސަރުކާރުގެ މަރު ކޮމިޝަނުން ފުރަތަމަ ފަހަރަށް އެފަދަ މައްސަލައެއް ބަލައި ނިންމައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވައިފި އެވެ. އެ ކޮމިޝަނުން ފުލުހުންނަށް ފޮނުވީ މާފުށީ ޖަލުގައި މީހަކު މަރުވި މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރާށެވެ.

ޓްވީޓެއްކޮށް އެ ކޮމިޝަނުން ބުނީ ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ދ. ވާނީ ބުލޫހެވަން، ހުސައިން ޒަރީރު މާފުށީ ޖަލުގައި މަރުވި މައްސަލަ ބަލާ ނިންމުމަށް ފަހު، އެ މައްސަލައިގައި އިހުމާލުވާ މީހުންގެ މައްޗަށް ދައުވާކޮށް ދޭން އެދި ފުލުހަށް ފޮނުވާފައި ވާނެ ކަމަށެވެ.

ކޮމިޝަނުން މިއަދު ކުރި ޓްވީޓް

އެ ކޮމިޝަނުން ބަލަމުން އަންނަނީ 25 މައްސަލައެކެވެ. އެއީ ފެބްރުއަރީ 2012 އިން ފެށިގެން މިދިޔަ އަހަރުގެ ރައީސް ސޯލިހު ވެރިކަމާ ހަވާލުވުމާ ހަމައަށް ހިނގާފައިވާ ގޮތް ނޭނގޭ މަރުގެ މައްސަލަތަކާއި މީހުން ގެއްލުމު މައްސަލަތަކެވެ.