ރާއްޖެ ކުޅިވަރު

ފަތާ ޓީމް ރަޝިޔާއަށް

Jul 29, 2015

ރަޝިޔާގެ ކަޒާންގައި ބާއްވާ ދުނިޔޭގެ ފެތުމުގެ މުބާރާތަށް ގައުމީ ފަތާ ޓީމު އެ ގައުމަށް ހިނގައްޖެ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނުވަޔަކަށް ރަޝިޔާގައި ބާއްވާ މުބާރާތުގައި ހަތަރު ފެތުންތެރިއަކު ވާދަކުރެ އެވެ. އެއީ ނިޝްވާން އިބްރާހީމާއި މުހައްމަދު މުއުތަސިމް އަދްނާނާއި އާމިނަތު ޝަޖަން އަދި އައިޝަތު ސާޖިނާ އެވެ.

މީގެ ތެރެއިން ނިޝާވާން ފަތާނީ 50 މީޓަރު ފްރީ ސްޓައިލް އާއި ބަޓަފްލައި ރޭހުގަ އެވެ. މުއުތަސިމް ފަތާނީ 50 އަދި މީޓަރު ފްރީ ސްޓައިލްގަ އެވެ. ޝަޖަން ފަތާނީ 100 އަދި 200 މީޓަރ ފްރީ ސްޓައިލްގަ އެވެ. ސާޖިނާ ފަތާނީ 100 އަދި 200 މީޓަރު ބްރެސްޓް ސްޓްރޯކުގަ އެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ފިރިހެން ދެ ފެތުންތެރިން ތަމްރީނު ހެދީ ލަންކާ ކޯޗުންގެ ބެލުމުގަ ދަށުންނެވެ. އަދި ސަޖަން އާއި ސާޖިނާ ވަނީ އަންނަ އަހަރު ބްރެޒިލްގައި އޮންނަ އޮލިމްޕިކް ގޭމްސްގެ އަށް ތައްޔާރުވުމަށް ދުނިޔެގެ ފަތާ ފެޑަރޭޝަނުން ދިން ސްކޮލާޝިޕެއްގެ ދަށުން ތައިލެންޑުހައި މިދިޔަ ޖޫން މަހުން ފެށިގެން ތަމްރީނު ހަދައިފަ އެވެ. މި ޓީމުގެ ކޯޗަކީ އިސްމާއީލް ފަރުހާން އެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ނިންމާލުމަށްފަހު ޓީމު މާލެ އަންނާނީ އަންނަ މަހުގެ 11ގަ އެވެ. އަދި މި ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާތީވެ އިންޑިއަން އައިލެންޑް ގޭމްސް އަށް ފޮނުވަން ނިންމާފައިވަނީ ޒުވާން ޓީމެކެވެ.