ކާނާ

ސުޕަ މަސްހުނީގެ ރަހަ ބަލާބަލަ!

ޑިސްކާއި މަސްހުންޏާއެކު ސައިތައްޓެއް ބޯލުމުން އެންމެ ފުރިހަމަ ނާސްތާއެއް ކޮށްލެވުނީ އެވެ. ދިވެހި ރަަހަތަކުގެ ތެރެއިން ހެނދުނުގެ ނާސްތާއަށް އެއްމެ ކަމުދާ އަދި މަގުބޫލު އެއްޗަކަށް މަސްހުނިވާ އިރު އެކި ކަހަލަ ތަރުކާރީ އަޅައިގެން ވެސް މަސްހުނި ތައްޔާރު ކުރެއެވެ. ބަރަބޯ، ތޮރާ އަދި ބަށި ވަރަށް އާއްމެވެ.

ކޮޕީފަތް އަޅައިގެން ވެސް މަސްހުނި ތައްޔާރުކޮށް އުޅެއެވެ. މިގޮތަށް ފަތްއަޅައިގެން ތައްޔާރުކުރާ މަސްހުންޏަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ. ފެހިކަން ގަދަ ފަތަކީ އޭގެ ސަބަބުން ހަށިގަނޑަށް ނުހަނު ފައިދާވާ ވެސް އެއްޗެއްކެވެ. މަސްހުނި ހަދާއިރުވެސް މި ފަދަ ފަތްތައް ބޭނުންކޮށް އާއްމުކޮށް ކައިއުޅޭ މަސްހުނި ނިއުޓިރިއެންޓްގެ ގޮތުން ސުޕ މަސްހުންޏަކަށް ހެދިދާނެ އެވެ.

ފެހިކަންގަދަ ފަތްތައް ކަމުގައިވާ ކޭލް އާއި ސްޕިނޭޗަކީ އޭގެ ނިއުޓިރިޝަން ކޮންޓެންޓް މަތިވުމުގެ ސަބަބުން "ސުަޕަފުޑް" ގެ ގޮތުގައި ކްލެސިފައި ކޮށްފައިވާ ތަކެއްޗެވެ. މިތަކެތި ޑައެޓްގެ ތެރެއަށް ވައްދައި ހުހާއި ކެއުމުން ހިތިކަމެއް ހުރެދާނެ އެވެ. އަދި ކުޑަކުދިންވެސް މާ ގަޔާ ނުވެދާނެ އެވެ. ނަމަވެސް ދިވެހިރަހަ ލާ މަސްހުނިގަނޑަކަށް މ ފަތް ލައި ތައްޔާރު ކޮށްލައިގެން ބޭނުން ކުރެވިދާނެ އެވެ.

ބޭބީ ސްޕިނޭޗް ފަތާއި ކޭލް ފަތް މަސްހުނި މޮޑެ ނިމިގެން އެއަށް އަޅާލުމުން މި ޑިޝްގެ ނިއުޓިރިއެންޓްސް އިން މުއްސަންދިވީ އެވެ. ކޭލް އާއި ސްޕިނޭޗްގެ ފައިދާތަކަށް ބަލާއިރު ސްޕިނޭޗް އަކީ ނުކައި ދޫކޮށްލެވޭވަރުގެ ފަތެއް ނޫނެވެ. މީއީ ގައިގެ ހަންގަނޑު، ބޮލުގެ އިސްތަށިގަނޑު އަދި މީހާގެ ގައިގެ ކަށިތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާ ފަތެކެވެ. ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ވަރަށް ގިނައިން އޭގައި އެކުލެވިގެންވާ ވެސް ފަތެކެވެ.

ކޭލްގައި ވިޓަމިން ކޭ ވަރަށް ގިނަ މިންވަރަކަށް އެކުލެވިގެން ވެއެވެ. އަދި ޕޮޓޭސިއަމް މާއްދާ ކޭލްގައި ގިނަވުމުގެ ސަބަބުން ހިތުގެ ބަލިތަކުން މީހާ ރައްކާތެރި ކޮށްދެއެވެ. ގިނަ ކޭލްގައި ހުންނަ ފައިބާ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަކުރު ބައްޔާއި ދުރުކޮށް ދެއެވެ.

މަސްހުނި ހެދުމަށް މި ދެފަތުގެ އިތުރުން ދެން ބޭނުން ކުރެވިދާނެ އެހެން ފަތަކީ ލެޓިއުސް އެވެ. ލެޓިއުސް އަކީ ފެން ގިނަ ފަތެކެވެ. ހޫނު ދުވަސްވަރު މީހާ ހައިޑްރޭޓްކޮށްލަދޭނޭ އެއްޗެއްކެވެ. ކޭލް އަދި ސްޕިނޭޗް އާއި އަޅާބަލާއިރު ލެޓިއުސްގައި ރަހަމަޑުވުމުން މަސްހުންޏާއި ވަރަށް ބޮޑަށް ގުޅެއެވެ. ލެޓިއުސްގެ ނިއުޓިރިއެންޓް ފައިދާއަށް ބަލާއިރު މީގައި ކެލްސިއަމް، ޕޮޓޭސިއަމް، ވިޓަމިން ސީ އަދި ފޮލޭޓް މާއްދާ ގިނައެވެ.

ނާދިޔާ ޓޭސްޓް ބްލޮގްގައި ވާ ލެޓިއުސް އިން މަސްހުނި ހަދާނެ ގޮތުގެ ރެސިޕީއެއް

އިތުރު ސުޕަރ މަސްހުންޏެއް އަޖުމަ ބަލާލަން ބޭނުންނަމަ މުރަނގަ ފަތް އަޅައިގެން ވެސް މަސްހުނި ތައްޔާރު ކުރެވިދާނެ އެވެ. މުރަނގަފަތް އަަހަރުމެން ބިސްގަނޑު އަޅައިގެންނާއި ތެއްލާއިގެން ބޭނުން ކުރެއެވެ. މުރަނގަފަތުގައި ފައިދާ ކިތަންމެ ބޮޑަސް ތެއްލުމުން ހަށިގަނޑަށް އެތަށް ކެލޮރީއެއް އިތުރުވެއެވެ. އަދި ކެއްކުމުން މީގައި ހުންނަ ނިއުޓިރިއެންޓް މަދުވެއެވެ. އެހެންކަމުން ފަތް ތާޒާކަންމަތީ ބޭނުންކުރުމަށް މަސްހުންޏަކަށް އަޅައިގެން އަޖުމަ ބަލާލަން މިއީ ސަޅިގޮތެކެވެ.