އެމްއެންޑީއެފް

ސިފައިންގެ ތަމްރީނުތަކެއްގައި ކައްދޫ ބޭރުން ބަޑި ޖަހާނެ

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއްގައި މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ކައްދޫ ބޭރުގައި ބަޑިޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ބަޑިޖެހުމުގެ ހަރަކާތް ކުރިއަށް ގެންދާނީ މި ފަސް ދުވަހުގެ ހެނދުނު 09:00 އިން މެންދުރުފަހު 3:00 އަށެވެ.

މި ތަމްރީނުގެ ހަރަކާތް ކުރިއަށް ގެންދާނީ ކައްދޫ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުންނެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކައްދޫގެ އިރުން ހަތް މޭލު ބޭރަށް 4000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގަ އެވެ.