ދުނިޔެ

ކަޝްމީރުގެ މުސްލިމް ލީޑަރުން ގޭ ބަންދު ކޮށްފި

Aug 5, 2019

އިންޑިއާ ސަރުކާރު ހިންގާ ބީޖޭޕީ ސަރުކާރާ އިދިކޮޅު ކަޝްމީރުގެ މުސްލިމް ސިޔާސީ ލީޑަރުންތަކެއް އެގައުމުގެ ސިފައިން ގޭބަންދު ކޮށްފި އެވެ.

ސިފައިން ނުކުމެ ކަޝްމީރުގެ ސިޔާސީ ލީޑަރުން ގޭބަންދު ކުރީ ހިމާލިޔާ ވަލޭ އަށް ދިޔަ ހިންދޫ ޓޫރިސްޓަކު އެ ސަރަހައްދުން ދުރައްދާން އެންގުމުންނެވެ. މި މައްސަލައިގައި އިންޑިއާގެ މައި ސަރުކާރުން ވަނީ ކަޝްމީރަށް 10،000 ސިފައިން ހުރިހާ ގާނޫނީ ބާރުތަކެއް ލިބިދޭގޮތަށް ފޮނުވާފަ އެވެ.

އެބާރުގެ ދަށުން އިންޑިއާ ސިފައިން ގޭބަންދު ކޮށްފައިވަނީ، ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރެއް ކަމަށްވާ މެހްބޫބާ މުފްތީ އާއި އޮމަރް އަބްދުﷲ އެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިންޑިއާގެ މައި ސަރުކާރުން ވަނީ ކަޝްމީރުން ބިން ގަންނަން ހުޅުވާލާފަ އެވެ. އަދި އެކަން ކުރަނީ ކަޝްމީރުގައި މުސްލިމުންގެ އާބާދީ މަދުކުރުމަށް ކަމަށްވެސް ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިންވެސް ސިފައިންވަނީ ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށްގެން ޖަރީމާތައް ހިންގާފަ އެވެ. އެގޮތުން ކަޝްމީރުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ބައިވެރިވި މުސްލިމުންނަށް އަމާޒުކޮށްގެން ދިން ޕެލެޓު ބަޑީގެ ހަމަލާގައި އެތައް ބަޔެއްގެ ލޯ ވަނީ އަނދިރިވެފަ އެވެ.