ހަބަރު

ޖުވާ ކުޅެން ބޭނުންކުރާ ސާމާނާ އެކު ދެ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޖުވާ ކުޅެން ބޭނުންކުރާ ސާމާނާއި ބަނގުރާ ހުސްކުރި ފުޅިއަކާ އެކު ހުޅުމާލެއިން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެއް ކަމަށާއި އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ ފްލެޓަކުން ކަމަށް ފުލުހުން ބުންޏެވެ. ޖުވާ ކުޅޭ ސާމާނާއި ރާ ހުސްކުރި ފުޅި ފެނިފައިވަނީ ކޯޓު އަމުރެއްގެ ދަށުން އެ ފްލެޓް ބަލައި ފާސް ކުރުމުންނެވެ.

ރޭ ދަންވަރު ވެސް ފުލުހުން ވަނީ ޖުވާ ކުޅެން ތިބި 18 ބިދޭސީއަކު ގިނަ އަދަދެއްގެ ފައިސާއާ އެކު އަތުލައިގެންފަ އެވެ.